މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
42 ވަނަ މަސްވެރިން ދުވަހުގެ މުނާސަބަތުގައި ބާއްވާ "ގުޅީ ރަސްކެޔޮޅު 2022" މަސްރޭހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މިކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން މިއަހަރުވެސް މަސްވެރިންގެ ދުވަސް ރަށުފެންވަރުގައި ފާހަގަކުރުމަށްޓަކައި، ރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ހުޅުވާލައިގެން މަސްބޭނުމުގެ މުބާރާތެއް (މަސްރޭހެއް) ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 2022 ޑިސެމްބަރ 12 ވާ ހޯމަ ދުވަހުއެވެ. މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ގުޅީ ގައި ދިރިއުޅޭ ދެޖިންސުގެ 18 އަހަރުން މަތީގެ ޢުމުރު ފުރާގެ ހުރިހާ ރައްޔިތުންނަށް ހުޅުވާލައިގެންނެވެ. މި މުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތައް މި އިޢުލާނާއި އެކުގައިވާ ޤަވާއިދުގައި ވާނެއެވެ. އަދި މި މުބާރާތުގެ ވަނަތަކަށް ދޭ އިނާމުތައް ފަހުން އިޢުލާން ކުރެވޭނެއެވެ.

ވީމާ މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން "ގުޅީ ރަސްކެޔޮޅު 2022 " މަސް ރޭހުގައި ބައިވެރިވުމަށް އެދޭފޯމު ފުރުއްވުމަށްފަހު 06 ޑިސެމްބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ފޯމު ހުށަހެޅުއްވުމަށް ދަންނަވެމެވެ. ފޯމު މެއިލް ކުރައްވާނަމަ ކުރައްވާނީ [email protected] އަށެވެ. މި މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ނޮވެންބަރު 2022
ހޯދާ