ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ވެބް އެޑިޓަރ

މަޤާމް :ވެބް އެޑިޓަރ
ބޭނުންވާ އަދަދު :1

ވަޒީފާގެ ފުރުޞަތު                                   

މަޤާމް

ވެބް އެޑިޓަރ

އަސާސީ މުސާރަ

-/8,150 ރުފިޔާ

ސަރވިސް އެލަވަންސް:

-/3,000 ރުފިޔާ

މަޤާމުގެ ރޭންކް

ޓީޕީ 3

ބޭނުންވާ ޢަދަދު:

01

މަސައްކަތް ކުރަންޖެހޭތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއާރޒް

މަޤާމުގެ ބާވަތް:

01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް

  • މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު ކުންފުނީގެ ސިޔާސަތާ އެއްގޮތްވާގޮތުގެ މަތިން އެއްބަސްވުން އާ ކުރެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެން އޮތުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕީ.އެސް.އެމް ގެ ގާނޫނަށާއި ސިޔާސަތުތަކަށާއި ކުންފުނީގެ މުވައްޒަފުންނަށް އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވެ ބޯލެމުން؛
  • ޚަބަރާއި މައުލޫމާތު ޕީ.އެސް.އެމް ގެ ވެބް މީޑިއަމަށް ގެނެސްދިނުން؛ 
  • ވެބްސައިޓްގައި އިސްކަންދޭންޖެހޭ ޚަބަރުތައް ދެނެގަނެ ، އެޑިޓަރުންނާއި ޖަރނަލިސްޓުންނަށް މިޚަބަރުތައް ކަވަރ ކުރުމަށް ހަވާލުކުރުން؛ 
  • ވެބް ކޮންޓެންޓް ދިރާސާކުރުމާއި، ޕްލޭންކުރުމާއި، އެޑިޓްކުރުމާއި، ލިޔުމުގެ ޒިންމާ އުފުލުން؛
  • ޑިރެކްޓަރ ނިއުސް ގެ ލަފާގެ މަތިން ، ވަގުތުން ވަގުތައް ބްރޭކް ކުރަންޖެހޭ ޚަބަރުތައް ބްރޭކްކުރުން؛
  • އައު ޚަބަރާއި ފީޗަރ ރިޕޯޓް ފަދަ ކޮންޓެންޓް ހެދުމަށް ޖަރނަލިސްޓުންނަށް ޚިޔާލު ދިނުމާއި ސްކްރިޕްޓްތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން؛ 
  • ވެބްސައިޓަށްލާ ކޮންޓެންޓުގައި ބޭނުންކުރާ ފޮޓޯތަކާއި، ގްރެޕިކްސް، ވީޑިއޯ އަދި   އާރޓްވޯކްތައް   ބަލާ ޗެކްކޮށް ގެންނަންޖެހޭ ބަދަލުތައް ގެނައުން؛  
  • ވެބްސައިޓްގައި ހިމަނާ ކޮންޓެންޓަކީ ނިއުސްވާރދީ ކޮންޓެންޓެއްތޯ ބެލުމާއި، ކޮންޓެންޓުގެ ސައްޙަކަން ކަށަވަރުކުރުން؛  
  • ވެބްސައިޓްގައި ހިމަނާ ކޮންޓެންޓަކީ ކޮޕީރައިޓް ކޮންޓެންޓެއްތޯ ބަލާ ޕީ އެސްއެމްގެ އެޑިޓޯރިއަލް ޤަވާއިދަށް ފެތޭތޯ ބެލުން؛
  • ވެބްސައިޓްއަށް ވަންނަ މީހުންގެ ޕޮޕިއުލަރިޓީ ބެލުން އަދި ކޮންޓެންޓްގެ ވިޝުއަލް ލޭއައުޓް ބެލެހެއްޓުން؛ 
  • ވެބްސައިޓަށްލާ ޚަބަރުތައް، އަޕްލޯޑް ކުރުމުގެ ކުރިން އެ ޚަބަރުތައް ޕީއެސްއެމްގެ  އެޑިޓޯރިއަލް ޤަވާއިދަށް ފެތޭތޯ ބަލާ، ޗެކްކުރުން. އަދި ސްކްރިޕްޓް ތައް އެޑިޓްކުރުން ނުވަތަ އެޑިޓްކޮށް ޕްރޫފްރީޑް ކުރުން؛ 
  • ކޮންޓެންޓް އެޑިޓަރުންނާއި މަޝްވަރާކޮށްގެން ޕީ އެސްއެމް ނިއުސް ވެބްސައިޓަކީ މީހުން ކިޔާ ހިއްވާ ކޮންޓެންޓްތައް ހުންނަ ވެބް ސައިޓްއެއްގެ ގޮތުގައި ހެދުމަށް ގަދައަޅައި މަސައްކަތްކުރުން؛
  • ސޯޝަލް މީޑިއާގައި، ތާޒާ މަޢުލޫމާތު ފޮރުކޮށްދިނުމަށް އައު ޚިޔާލު ދިނުމާއި، ނިއުސް ވެބްސައިޓްގައި ހުންނަނީ އެންމެ ތަޒާ ޚަބަރުކަން ޔަޤީން ކުރުން؛  
  • ވެބް ޓެކްނޮލޮޖީގެ އާ ޓްރެންޑްތަކާ އެއްވަރަށް ޕީ އެސްއެމް ނިއުސް ވެބްސައިޓް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން؛ 
  • ޕީ އެސްއެމް ނިއުސް ވެބްސައިޓް ރަނގަޅުކުރުމަށް ކުރަންޖެހޭ  އެންމެހާ މަސައްކަތްތައް ނިއުސް މެނޭޖްމަންޓް އާއި އެކު މަޝްވަރާކުރުން؛
  • އާޓިކަލް ޕްރެޒެންޓޭޝަން ރަނގަޅުކުރުމަށްޓަކައި ކަމުގެ ތަޖުރިބާ ލިބފައިވާ ފަންނީމީހުން ( ވެބް ޑިޒައިން ކުރާ މީހުންނާއި، މާކެޓިންގ ޓީމާއި، އަދި ފޮޓޯގްރާފަރުންނާއި ) ގުޅިގެން މަސައްކަތްކުރުން؛  
  • އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން؛ 
  • އެޑިޓޯރިއަލް/ ޕްލޭނިންގ/ އަދި ސްޓާފް މީޓިންގ ތަކުގައި ބައިވެރިވުން؛ 
  • ކަޑައެޅޭ ކޮންމެ ޝިފްޓް ޑިއުޓީ އަށް ނުކުމެ މަސައްކަތްކުރުން؛ 
  • މަސައްކަތުގެ މާހައުލުގައި ނިއުސްރޫމްގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން؛ 
  • މީގެ އިތުރުން އިސްވެ ދެންނެވުނު ކަންތައްތަކުގެ ތެރޭގައި ނުހިމެނުނުނަމަވެސް، ދިމާވާ ހާލަތަކާއި ގުޅިގެން ނުވަތަ  ހާއްސަ ހާލަތްތަކާ ގުޅިގެން ޑައިރެކްޓަރ ނިއުސް ނުވަތަ ނިއުސް އެވަގުތު އިސްކޮށްހުންނަ ފާރަތް އަންގަވާ އެހެނިހެން ކަންކަން ކުރުން؛

އިތުރު އެލަވަންސްތައް:

  • އެޓެންޑެންސް އެލަވަންސް : ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
  • ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ %20 އެލަވަންސް ދެވޭނެއެވެ.

ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

  • ލިޔުމާއި ޕްރޫފް ރީޑިންގ އަދި އެޑިޓް ކުރުމުގެ ހުނަރުތައް  ލިބިފައިވުން 
  • އިންޑިޒައިން، އިލަސްޓްރޭޓަރ، ފޮޓޯޝޮޕް، އެޑޯބް ޕްރީމިއަރ ފަދަ ސޮފްޓްވެއަރތައް ބޭނުންކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއް ކަމުގައިވުން  
  • ކްރިއޭޓިވް ތިންކިންގ އަދި މައްސަލަ ހައްލުކުރުމުގެ ހުނަރު ލިބިފައިވާ ފަރާތެއްކަމުގައިވުން 
  • ނޫސްވެރިކަމާއި، މުވާސަލާތީ ދާއިރާ ނުވަތަ އެފަދަ ކަމާގުޅޭ ދާއިރާއަކުން މަދުވެގެން 3 އަހަރުގެ ތަޖުރިބާ ހުރުން 

ހުށަހަޅަންޖެހޭ ލިޔުންތައް:

  • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ)
  • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
  • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން:

އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ސުންގަޑި:

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 12 ޑިސެންބަރ 2022 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364، 3000207 އާއި ގުޅުއްވުން އެދެމެވެ.

 

                           04 ޖުމާދަލްއޫލާ  1444

28 ނޮވެންބަރު 2022
ހޯދާ