ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓް
ދިވެހިރާއްޖެ
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓުގެ ވަށާފާރުގައި ގޭޓެއް ހަދައި ހަރުކުރުން

މި އިޢުލާންވަނީ 06 ޑިސެންބަރު 2022 08:32 ގައި ބާތިލް ކުރެވިފައެވެ.


މިކޯޓުން ދޭ މަޢުލޫމާތާ އެއްގޮތަށް މިކޯޓުގެ ވަށާފާރުގައި ގޭޓެއް ހަދާ ހަރުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކުރަމެވެ. މިމަސައްކަތާ ގުޅޭ މަޢުލޫމާތު ޝީޓާއި ކުރެހުން މިއިޢުލާނާއެކު އެޓޭޗްކުރެވިފައިވާނެއެވެ. މިމަސައްކަތާ ގުޅިގެން ކޯޓޭޝަން ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން 2022 ޑިސެންބަރު 01 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓާ ގުޅުއްވައި ނަން ނޯޓް ކުރެއްވުން އެދެމެވެ. ނަން ނޯޓް ނުކުރައްވާ ފަރާތްތަކަށް ކޯޓޭޝަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.

ކޯޓޭޝަން ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށްށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.

ވީމާ، މިމަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ޑިސެންބަރު 5 ވަނަ ދުވަހުގެ 13:00 ގެ ކުރިން މިކޯޓުގެ އީމެއިލް: [email protected] އަށް ކޯޓޭޝަން މެއިލްކުރެއްވުން އެދެމެވެ. ކޯޓޭޝަނާއެކު ވެރިފަރާތުގެ އައިޑީކާޑުގެ ކޮޕީއާއި، އެސް.އެމް.އީ ރެޖިސްޓްރީ ކޮޕީއާއި ޖީއެސްޓީއަށް ރެޖިސްޓްރީކޮށްފައިވާނަމަ، ޖީ.އެސް.ޓީ ރެޖިސްޓްރޭޝަން ސެޓްފިކެޓް ކޮޕީ ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފްކުރުމަށްޓަކައި މިކޯޓުގެ ނަންބަރު: 6521679 ނުވަތަ 6528950 ފޯނަށް ގުޅުއްވުން އެދެމެވެ.

28 ނޮވެންބަރު 2022
ހޯދާ