ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހުޅުމާލެ ގޮފީގައި 2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު:
- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
ޖާގަ: 60 ޖާގަ
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
ޖާގަ: 60 ޖާގަ
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 2 ހަދައި ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
ޖާގަ: 60 ޖާގަ
ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 3 ހަދައި ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
ޖާގަ: 30 ޖާގަ
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު މި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2022/06/Application-form-NCHQ-8-6-2022-new-1.pdf 2022 ނޮވެމްބަރ 27 ވާ އާދިއްތަ ދުވަހުން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2022 ޑިސެމްބަރ 22 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން އެޕްލިކޭޝަން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ އަދި އައިޑީކާރޑްގެ ކޮޕީ އާއެކު [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި ކޯސްތަކަށް ދަރިވަރުން ހޮވުމަށް ބާއްވާ ބަސްދީގަތުން އޮންނާނީ 2023 ޖަނަވަރީ 08 ން 2023 ޖަނަވަރީ 14 އާއި ދެމެދުއެވެ.