ދިވެހިރާއްޖެ
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ ހއ. ދިއްދޫ (އެކުވެރިކަމުގެ ޗޭނު) ގޮފީގައި 2023 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު:
- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
ޖާގަ: 30 ޖާގަ
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 1 ފުރިހަމަކޮށް ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
ޖާގަ: 30 ޖާގަ
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު:
- ޤިރާއަތު ސެޓްފިކެޓް 2 ފުރިހަމަކޮށް ފާސްވެފައިވުން.
- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
ޖާގަ: 30 ޖާގަ
ވީމާ، މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފޯމު 27 ނޮވެމްބަރ 2022 ވާ އާދީއްތަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ ހއ.ދިއްދޫ (އެކުވެރިކަމުގެ ޗޭނު) ގޮފިން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން (www.nchq.gov.mv) https://chq.gov.mv/wp-content/uploads/2019/03/Application-form-NCHQ.pdf ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 22 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު މަރުކަޒުގެ ހއ.ދިއްދޫ (އެކުވެރިކަމުގެ ޗޭނު) ގޮތްޕަށް ހުށަހެޅުން އެދެމެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
މި ކޯސްތަކުގެ ދަރިވަރުނަށް ބަސްދީގަތުން އޮންނާނެ ތާރީޚެއް ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ.