ދިވެހިރާއްޖެ
ކ.ތިލަފުށީގައި ބޭނުންކުރާ މިކޯޕަރޭޝަންގެ ވެހިކަލްތަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ކ.ތިލަފުށިން ފޯރުކޮށްދެވޭނެ ފަރާތެއް ހޯދަން ބޭންވެއްޖެއެވެ. ވީމާ، މިޚިދުމަތް ފޯރުކޮށްދޭން ބޭނުންވެލައްވާ ފަރާތްތަކަށް ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ތަފުސީލު |
ތަން |
ދުވަސް |
ތާރީޚު |
ގަޑި |
ޕްރީބިޑް މީޓިންގ |
ޓީސީއެލް ހެޑްއޮފީސް |
އާދީއްތަ |
30 ނޮވެންބަރު 2014 |
13:30 ގައި |
ބީލަން ހުށަހެޅުން އަދި ބީލަން ހުޅުވުން |
ޓީސީއެލް ހެޑްއޮފީސް |
ބުރާސްފަތި |
04 ޑިސެންބަރު 2014 |
10:30 ގައި |
ބީލަން ހުށަހެޅޭނީ ޕްރީބިޑް މީޓިންގގައި ބައިވެރިވެލައްވާ ފަރާތްތަކަށް އެކަންޏެވެ. މި މަސައްކަތަށް ބީލަން ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައިގައެވެ. ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ މި ކޯޕަރޭޝަންގެ ހެޑްއޮފީހުގައި ބީލަން ހުޅުވުމުގެ ބައްދަލުވުމުގައި ބައިވެރިވެލައްވަން ބޭނުންވެލައްވާ ފަރާތްތަކާ އެކުގައެވެ.
އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަން ދޭންވީ ކަންތައްތައް:
- ޖީއެސްޓީ އަށް ވާ އަދަދު ވަކިން އެނގޭނެހެން ޖުމްލަ އަގު ހުށަހެޅުން
- ހިމަނަންޖެހޭ މަޢުލޫމާތު: ކުންފުނީގެ ޕްރޮފައިލް، ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ، ކުންފުނީގެ ފަރާތުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގެންނަވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ، ޖީއެސްޓީ ރަޖިސްޓްރޭޝަނުގެ ކޮޕީ، އަމިއްލަ ފަރާތަކުންނަމަ އައިޑީ ކާޑުގެ ކޮޕީ، އަދި މި މަސައްކަތާ ގުޅޭގޮތުން މުޢާމަލާތު ކުރާނެ ފަރާތުގެ ނަމާއި، މަޤާމާއި ފޯނު ނަންބަރު ހިމަނަންވާނެއެވެ.
- އަންދާސީހިސާބު ހުށަހަޅުއްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީހިސާބެވެ.
- ހުށަހަޅާފައިވާ އަންދާސީހިސާބު ބާޠިލުވާ މުއްދަތު މަދުވެގެން 60 ދުވަހަށް ވާންވާނެއެވެ.
- މަޢުލޫމާތު ފުރިހަމަ ނޫން ބީލަންތައް ބާޠިލު ކުރުމުގެ ފުރިހަމަ އިޚުތިޔާރު މި ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
- ބީލަން ހުށަހަޅަންވާނީ ދީފައިވާ މަޢުލޫމާތާ އެއްގޮތަށެވެ.
މި ބީލަމަށް މާކްސް ދެވޭނެ މިންގަނޑު މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާ ފަރާތްތަކުން މި ކޯޕަރޭޝަނުގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
27 މުޙައްރަމް 1436