ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޯޓޭޝަން ހުށަހެޅުމުގެ ދަޢުވަތު

 މިކައުންސިލްގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅުމަށް ބޭނުންވާ 4 މައްސަލައެއްގައި ދަށުކޯޓުގެ މަރުހަލާ ނިމި ހުކުމް ކުރުމުގެ ނިޔަލަށް މި ކައުންސިލް ތަމްޞީލުކޮށް ވަކާލާތުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މިކަމާގުޅިގެން ކޯޓޭޝަން ހުށަހަޅުއްވޭނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކުގައި ވަކާލާތުކުރުމުގެ ހުއްދަ އޮތް ފަރާތްތަކުގެ އިތުރުން ރަޖިސްޓަރޑް ލޯ-ފާމްތަކަށެވެ. ކޯޓޭޝަން ހުށަހަޅުއްވާއިރު ވަކާލާތުކުރުމުގެ ހުއްދަ ނުވަތަ ކަމާގުޅޭ ލިޔެކިޔުންތައް ކޯޓޭޝަންއާއެކު ހުށަހަޅުއްވަންވާނެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ހުށަހަޅުއްވާ ކޯޓޭޝަންތައް ބަލައިގަތުމާއި ކެނޑުމަށް ހަމަޖެހިފައިވަނީ 5 ޑިސެމްބަރު 2022 ވާ ހޯމަ ދުވަހުގެ 13:00 ގައި މިކަމަށް އެދި ކޯޓޭޝަން ހުށަހަޅުންވަން ވަޑައިގެންނެވި ހުރިހާ ފަރާތްތަކެއްގެ ހާޟިރުގައި ނިލަންދެ އަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާގައެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 5 ޑިސެމްބަރ 2022 ގެ ނިޔަލަށް ރަސްމީ ގަޑީގައި ގުޅުއްވާނީ  9650005 / 7992129 ނަމްބަރ ފޯނާއެވެ.

       މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

27 ނޮވެމްބަރ 0222

27 ނޮވެންބަރު 2022
ހޯދާ