ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް މި ކައުންސިލްގެ "މާގާ" ގޯތިން ބައެއް ކުއްޔަށް ދިނުން

އިޢުލާނު

މިއިދާރާގެ ނަންބަރު: (IUL)237-C/237/2022/27 (07 އޮކްޓޫބަރު 2022) ގެ އިޢުލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައިނުވާތީ، އެ އިޢުލާން ބާތިލްކޮށް، މި ކައުންސިލްގެ "މާގާ" ގޯތިން 203 ފޫޓް ފުޅާ، 210 ފޫޓުގެ ދިގު، ޖުމްލަ 42,630އަކަ ފޫޓުގެ ބިމެއް، އެތަނުގައި ހަދާފައިވާ 04 ކޮޓަރީގެ އިމާރާތާއިއެކު ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުމަށްޓަކައި މިކަމަށްޝަޢުޤުވެރިވާފަރާތްތަކަށްމިކަމަށްއެދި ބީލަން ހުށަހެޅުމުގެ ފުރުޞަތުއަލުން ހުޅުވާލަމެވެ.

1. މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން "މާގާ ގޯތިން ބިން ކުއްޔަށްދޫކުރުމުގެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އޮންލައިންކޮށް (ލިންކް: http://tiny.cc/Maagaa)ފުރުއްވައި 2022ޑިސެންބަރު 21 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފޮނުއްވަން ވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

2. ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2023ޖަނަވަރީ 18 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބީލަން އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ގެސްޓްހައުސް ވިޔަފާރިކުރުމަށް މާގާގޯތިން ބިން ކުއްޔަށްދޫކުރުމުގެ ބީލަން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

3. ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މިއިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ.އަދި މިމާޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން(www.faafu.gov.mv)ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

4. އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަމްބަރު: 6740017 އަށް ގުޅުއްވުން އެދެމެވެ.

03ޖުމާދުލްއޫލާ1444

27ނޮވެންބަރު2022

27 ނޮވެންބަރު 2022
ހޯދާ