ދިވެހިރާއްޖެ
އަންދާސީހިސާބު ބޭނުންވެއްޖެ.
ރ.ވާދޫ ޞިއްޙީމަރުކަޒު މަރާމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: URH/IUL/2014/25ފ(23 ސެޕްޓެންބަރު 2014) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތަކުގައި ގިނަ މައްސަލަތަކެއް ހުރުމާ ގުޅިގެން، އެ އަންދާސީހިސާބުތައް ބާޠިލުކުރުމަށްފަހު، އަލުން މިމަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 25 ނޮވެންބަރު 2014 ވަނަ ދުވަހުގެ 2:00 އަށް ރ.ވާދޫ ޞިއްޙީމަރުކަޒު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 02 ޑިސެންބަރު 2014 ވަނަ ދުވަހުގެ 2:00 އަށް ރ.ވާދޫ ޞިއްޙީމަރުކަޒު، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ނުވަތަ މިނިސްޓްރީ އޮފް ހެލްތަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކާއި، ކަނޑައެޅިފައިވާ ވަގުތުގެ ފަހުން ފޮނުވޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
27 މުޙައްރަމް 1436