ދިވެހިރާއްޖެ
ޏ.އަތޮޅު ތަޢުލީމީ މަރުކަޒު
ފުވައްމުލައް
ނަންބަރ: (IUL)GS-13-AC/GS-13/2022/14
2023ވަނަ އަހަރު ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
ބީލަން ހުށަހެޅުމުގެ ދަޢުވަތު
01. 2023 ވަނަ އަހަރަށް މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
02. މި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28 ނޮވެމްބަރ 2022 އިން 30 ނޮވެމްބަރ 2022 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:00 އިން 13:00 އަށް ނަންނޯޓް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
03. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 30 ނޮވެމްބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުން އެދެމެވެ.
04. މި ޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 04 ޑިސެމްބަރ 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
05. ބިޑް ހުޅުވުން އޮންނާނީ 06 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި މިމަރުކަޒުގެ އިދާރީ އޮފީހުގައެވެ.
06. މި ޕްރޮޖެކްޓާގުޅޭ ބީލަން ފޮތް އެޓޭޗް ކުރެވިފައިވާނެއެވެ.
07. ނަން ނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ޏ. އަތޮޅު ތަޢުލީމީ މަރުކަޒު
ފޯން: 7925002
އީ-މެއިލް: [email protected]
27 ނޮވެމްބަރ 2022