ހުޅުމާލެ ހޮސްޕިޓަލް
ދިވެހިރާއްޖެ
ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ރެކްރޫޓްމެންޓް އެޖެންސީއެއް ހޯދުން

ހުޅުމާލެ ހޮސްޕިޓަލަށް ބޭނުންވާ ރެކްރޫޓްމެންޓް އެޖެންސީއެއް ހޯދުން

 ނަންބަރު: TENDER/HMH/2022/034

ހުޅުމާލެ ހޮސްޕިޓަލަށް ރާއްޖެއިން ބޭރުން ގެނެވޭ ބިދޭސީ މުވައްޒަފުން ރެކްރޫޓްކުރުމާއި ވާރކް ޕާރމިޓްއާއި ގުޅުންހުރި ޙިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރުމަށްޓަކައި އެމްޕްލޯއިމެންޓް އެޖެންސީގެ އާ ޤަވާއިދު 2022/R-63ގެ ދަށުން ރަޖިސްޓްރީވެފައިވާ ލޯކަލް ރެކްރޫޓްމެންޓް އެޖެންސީއެއް ހޯދަން ބޭނުންވެއެވެ.

ރެޖިސްޓްރޭޝަން:

 

 

 

 

 

 

 

ބީލަމުގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން ބިޑް ރެޖިސްޓްރޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، 1 ޑިސެމްބަރ 2022ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކުރެއްވުންއެދެމެވެ. ސުންގަޑީގެ ފަހުން ފޮނުވާ ފޯމްތައް ބަލައިނުގަނެވޭއެވެ. އީ-މެއިލް ކޮންފާރމޭޝަން ރެޖިސްޓްރީވާ ފަރާތްތަކަށް ފޮނުވޭނެއެވެ.

 

ރެޖިސްޓްރީވުމަށް ފޯމު ފޮނުވުމަށްފަހު ފޯމު ލިބުންކަމާއި ރެޖިސްޓްރީ ކޮންފާރމޭޝަން ލިބުނުކަން ޔަޤީންކުރުމަކީ ބީލަމުގައި ބައިވެރިވާ ފަރާތްތަކުގެ ޒިންމާއެކެވެ.

 

   އަންދާސީ ހިސާބު ހުށަހެޅުން:

މައުލޫމާތު ޝީޓާއި ބިޑް ހުށަހެޅުމުގެ ސުންގަޑި ބިޑުގައި ރެޖިސްޓިރީވާ ފަރާތްތަކަށް ރެޖިސްޓްރޭޝަންގެ ސުންގަޑި ހަމަވުމުން ހިއްސާކުރެވޭނެއެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް އިތުރު މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ހޯދެވުމަށް ގުޅުއްވާނީ:

ފޯން: 3350152 / 3350113

އީ-މެއިލް: [email protected]

24 ނޮވެންބަރު 2022
ހޯދާ