ނިލަންދެއަތޮޅު ދެކުނުބުރީ ބަނޑިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރަން ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން

މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރަން ޝައުގުވެރިވެލައްވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލުން

މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމާއި ރަށުގެ ހުސްބިން ބޭނުންކުރުން، އަދި އެކަންކަމަށް ފީ ނެގުމާއި ބެހޭ ޤަވާއިދަށް އަމަލުކުރުމުގެ އުސޫލު https://www.gazette.gov.mv/iulaan/212498 ގެ ދަށުން ބަނޑިދޫގެ ހަތަރު ސަރަހައްދެއްގައި ވިޔަފާރި ކުރެވޭނެ އިންތިޒާމް އެކަމަށް ޝައުގުވެރިވެލައްވާ ފާރާތްތަކަށް ފަހިކޮށްދިނުމަށް މިކައުންސިލުން ވާނީ ނިންމާފައެވެ. މިގޮތުން ވިޔަފާރިތަކުން ނެގޭނެ އެންމެ ކުޑަ ފީ އަކީ -/500ރ (ފައްސަތޭކަރުފިޔާ) އެވެ. މަގުމަތީގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރެވޭނެ ސަރަހައްދުތައް ތިރީގައި ބަޔާންވެފައި އެވަނީއެވެ.

  1. ދ.ބަނޑިދޫ ޖެޓީ ސަރަހައްދުގައި ހުރި މަސްފެންގަނޑުގެ އިރު އުތުރުން
  2. ދ،ބަނޑިދޫ ރަށްދެބައިމަގު ހުޅަނގުން އުތުރުން ބަނދަރު ކައިރީ ރުށްގަނޑު ސަރަހައްދު
  3. ފެނަކަ ކޯޕަރޭޝަން ބަނޑިދޫ ބްރާންޗްގެ އައު އޮފީސް އަދި ބަނޑިދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައިވާ ހުސްބިން
  4. ދ.ބަނޑިދޫ ހުޅަނގު ދެކުނު ސަރަހައްދު

 

            މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން މިކަމަށްއެދި ސިޓީ ހުށަހެޅުއްވޭނީ އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ސަތޭކަ ޕަސެންޓް ދިވެހި ވިޔަފާރިތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓްގައި ވިޔަފާރިއާއި ކަމާގުޅޭ ވިޔަފާރި އެކްޓިވިޓީތައް ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 ޑިސެމްބަރ 2022 ވަނަދުވަހުގެ ހެނދުނު 11:00 އަށް ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރިކުރާ ސަރަހައްދު އަދި ހުށަހަޅާ އަގު އެނގޭ ގޮތަށް ސިޓީއަކުން މިއިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ހުށަހަޅާ ސިޓީތައް ބަލައިގަތުމާއި ކެނޑުން އޮންނާނީ މިކަމަށް އެދި ހުށަހަޅުއްވާ ހުރިހާ ފަރާތެއްގެ ޙާޟިރުގައި މަތީގައި ދެންނެވިފައިވާ ތާރީޚާއި ގަޑީގައެވެ.   

            ވީމާ، މިކަން އާމުކޮށް އަންގާ އިޢުލާން ކުރީމެވެ.            

24 ނޮވެންބަރު 2022
ހޯދާ