މަޤާމު
|
މަސައްކަތު
|
ބޭނުންވާ އަދަދު
|
02 (ދޭއް)
|
ހަމަޖައްސާ ސެކްޝަން: އޮފީސް އެޑްމިނިސްޓްރޭޝަން
|
ރޭންކް
|
އެސް.އެސް 1
|
ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1
|
މުސާރަ
|
-/3,100 ރ.
|
ސާރވިސް އެލަވަންސް: -/1,000 ރ.
|
މަޤާމުގެ ޝަރުޠު
|
- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ލިބިފައިވުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު
|
- ނަމާދުވަގުތު ތަކުގައާއި އެނޫން ވަގުތުތަކުގައި މަރުކަޒުގެ ނަމާދުކުރާ ބައިތައް ފޮޅައި ސާފުކޮށް ބެލެހެއްޓުން.
- އިސްލާމީ މަރުކަޒުގެ މިހުރާބުގެ ފޮޅައި ސާފުކޮށް ބެލެހެއްޓުން.
- އިސްލާމީ މަރުކަޒާއި މަސްޖިދުއްސުލްޠާން މުޙައްމަދު ތަކުރުފާނުލްޢައުޒަމް ހިމެނޭ ޢިމާރާތާއި ޢިމާރާތް ހިމެނޭ ގޯތި ކުނިކަހައި ފޮޅައި ސާފުކުރުމާއި މަރާމާތުތައް ކުރުން.
- އުސް ތަންތަނަށް އަރައި ފޮޅައި ސާފުކުރުމުގެ މަސައްކަތްކުރުން. މީގެ ތެރޭގައި އިސްލާމީ މަރުކަޒުގެ މުންނާރާއި އަދި ގުއްބު ހިމެނެއެވެ.
- ފާޚާނާތަކާއި ވުޟޫކުރާ އިސްކުރުބަރިތައް ދޮވެ ސާފުކުރުން އަދި ކުނިއުކާލުމުގެ މަސައްކަތް ކުރުން.
- ގޯތިތެރޭގައި ގަސް އިންދުމާއި ގަސްތަކަށް ފެންދީ ހެދުން.
- ޖަލްސާތަކަށް ހޯލް ތައްޔާރު ކުރުމަށް ގޮޑި އަދި މޭޒް އުފުލައި ބޭނުންވާ ގޮތަށް ތަރުތީބުކުރުމުގެ މަސައްކަތް ކުރުން.
- އިސްލާމީ މަރުކަޒުގެ ޢިމާރާތުގެ ދޮރާއި ދޮރުފަތް ތަކުގައި ދަވާދުލުމާއި ވަރުނީސްލުމުގެ މަސައްކަތް ކުރުން.
- ފެންތާނގީތައް ދޮވެ ސާފުކުރުން އަދި މީގެ އިތުރުން އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމަހައި މަސައްކަތްތައް ކުރުން.
|
ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް
|
- ފުރިހަމަ ކޮށްފައިވާ އެޕްލިކޭޝަން ފޯމް ( ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއްއޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުއް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
|
މަސައްކަތް ކުރުމަށް ހަމަޖެހިފައިވާ ތަން އަދި ގަޑި: މި މަޤާމަށް ހޮވޭ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/އިސްލާމީ މަރުކަޒުގައެވެ. މަސައްކަތު ގަޑިތަކަކީ 08:00 ން 15:00 އަށް، އަދި 13:30 ން 20:30 އަށެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ މައިގަނޑު ކަންތައްތައް: ތަޢުލީމީ ގޮތުން ލިބިފައިވާ މާކްސް، މަސައްކަތުގެ ދާއިރާ އިން ލިބިފައިވާ ތަޖުރިބާ އަދި އިންޓަވިއު މި ތިންބަޔަށް އެންމެ މަތީ މާކްސް ލިބޭ ފަރާތަކަށެވެ.
|
ސުންގަޑި
- 30 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށް (އިސްލާމީ މަރުކަޒު)
- މި މަޤާމަށް ހަމަޖައްސާ މުވައްޒަފު މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް/އިސްލާމީ މަރުކަޒުގައެވެ.
- މި މަޤާމުގެ އިންޓަވިއު އިޢުލާނުގެ މުއްދަތު ހަމަވާތާ ހަފުތާއެއްގެ ތެރޭގައި ބޭއްވޭނެއެވެ. އަދި، އިންޓަވިއު ބޭއްވޭނީ މި މިނިސްޓްރީގައެވެ.
- ވެބްސައިޓް އެޑްރެސް www.islamicaffairs.gov.mv
- އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3020212 އަށް އަދި ފެކްސް ނަންބަރަކީ 3315161
- އީމެއިލް ކުރައްވާނީ [email protected] އަށެވެ.
|