ދިވެހިރާއްޖެ
އިޢުލާން
މި މިނިސްޓްރީގެ ނަންބަރު (IUL)101-AF/1/2014/149 (28 އޮކްޓޫބަރ 2014)ގެ އިޢުލާނާގައިވާ މިމިނިސްޓްރީގެ އެތެރޭގެ އިދާރީ ޚިދްމަތްތަކުގެ ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖިއާރސް (އެސް.އޯ.ޕީ) މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި އިޢުލާނާ ގުޅިގެން ބިޑް ހުށަހަޅީ އެންމެ ދެފަރާތަކުން ކަމަށްވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.
ވީމާ، މި ޚިދްމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހު 11:00ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ މީޓިންގ ރޫމްގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަޢުވަތު އަރުވަމެވެ. އަދި ބިޑް ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަންގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 24 ނޮވެންބަރު 2014 ވާ ހޯމަ ދުވަހު 11:00ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ މީޓިންގ ރޫމްގައެވެ. ދެންނެވިފައިވާ ގަޑިއަށް ހުރިހާ ބީލަންތަކެއް ހުށަހަޅުއްވަންވާނެއެވެ. ބީލަން ބަލައިގަތުމަށް ކަނޑއަޅާފައިވާ ސުންގަޑީގެ ކުރިން އަދި ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3306696 އަށް ގުޅުއްވުމަށް އެދެމެވެ.
ބީލަމާބެހޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމް، މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
21 މުޙައްރަމް 1436