ދިވެހިރާއްޖެ
އަންދާސީ ހިސާބު ބޭނުންވެއްޖެ
މި އިދާރާއިން ކުޑަކުދިންގެ ޕާކެއް ހެދުމަށް ކުރި ނަންބަރ 414/414/2022/66 އިއުލާނާއި ގުޅިގެން ހުށަހަހެޅި ބިޑްތަށް ފުރިހަމަ ވެފައިނުވާތީ، މިއިއުލާން ބަތިލްކޮށް އަލުން އިއުލާން ކުރަމެވެ.
ވީމާ، މިމަސައްކަތައް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތުގެމަތީން މަޢުލޫމާތު ސާފުކުރައްވާ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
- މައުލޫމާތު ދިނުން – 30 ނޮވެމްބަރ 2022 (ބުދަ) 13:30ގައި
- އަންދާސީ ހިސާބު ހުށަހެޅުން 07 ޑިސެމްބަރ 2022 (ބުދަ) 13:00ގައި
ބީލަން އިވޭލުއޭޓް ކުރުމަށް ބޭނުން ކުރާނެ މިންގަނޑު
- އަގަށް: %80 (އެންމެ ކުޑައަގު ހުށަހަޅާ ފަރާތަށް އެންމެ ގިނަ ޕޮއިންޓް)
- މުއްދަތު:10
- ތަޖްރިބާ:10
އަންދާސީ ހިސާބު 07 ޑިސެމްބަރ 2022 ވަނަ ދުވަހު 13:00 އަށް މި އިދާރާއަށް ހުށަހަޅާއިރު، ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައި، ސިޓީ އުރައިގެ ބޭރުގައި އިއުލާން ނަމްބަރާއި އަދި "ކުޑަކުދިންގެ ޕާކު ހެދުން" ލިޔެފައި އޮންނަންވާނެއެވެ. އަދި ތިރީގައި މިވާގޮތަށް އެޑްރެސް ކުރެވިފައި އޮންނަންވާނެއެވެ.
ގއ ކަނޑުހުޅުދޫ ކައުންސިލްގެ އިދާރާ
ކަނޑުހުޅުދޫ، ދިވެހިރާއްޖެ
މިކަމާއިބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ 6820020 އަށް ގުޅުއްވުން އެދެމެވެ.
މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކަނޑުހުޅުދޫ ކައުންސިލް އިދާރާގައެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ. މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވެރިފަރާތް ނޫން ފަރާތެއް ހާޒިރުވާނަމަ ވެރިފަރާތުގެ ސިޓީއެއް ގެންނަންވާނެއެވެ.