ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން

މިކުންފުނީގެ މިދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުންވެއެވެ.

  • ހަލާކުވެފައިވާ ކޭބަލް ބުރިތަކެއް

މި ތަކެތީގެ ނީލަން ފެށޭ އަގަކީ 85,000.00ރ (އަށްޑިހަަ ފަސްހާސް ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން 5,000.00ރ (ފަސްހާސް ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވާން އެދިލައްވާ ފަރާތްތަކުން އެ ތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ނީލަން ފެށޭ އަގުގެ %50 އަށް ވާ -/42,500.00ރ (ސާޅީސްދެހާސް ފަސްސަތޭކަ ރުފިޔާ) ޑިޕޮޒިޓް ދެއްކެވުމަށްފަހު ފައިސާ ދެއްކެވި ރަސީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 2014 ނޮވެންބަރު 20 ވާ ބުރާސްފަތި ދުވަހުގެ 14:00 އަށް މިކުންފުންޏަށް ވަޑައިގެން ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މިމުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ، ނީލަން ބާޠިލުކޮށް އަލުން އެތަކެތި ނީލަމަށް ލެވޭނެ ކަމަށާއި، ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ. އަދި އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ އަނބުރާ ނުދެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

ނީލަން ކާމިޔާބުކުރި ފަރާތް ނޫން އެެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނިމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 7 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ހަވާލު ކުރެވޭނެއެވެ.

23 މުޙައްރަމް 1436 

16 ނޮވެންބަރު 2014
ހޯދާ