ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލުން ފަތުރުވެރިކަމާއި ގުޅޭ ކަންކަމުގައި ބޭނުންކުރާނެ ލޯގޯ ފަރުމާކުރުން

އިޢުލާން

ލޯގޯ ފަރުމާކުރުން

 

މިކައުންސިލުން 06 އޮކްޓޫބަރު 2022 ގައި ކުރި ނަންބަރު (IUL)326/326/2022/90 އިޢުލާން ބާޠިލްކޮށް އަލުން ލޯގޯ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

މި ކައުންސިލް އިން ފަތުރުވެރިކަމާއި ގުޅިގެން ބައިވެރިވާ ހަރަކާތްތަކާއި، އެފަދަ އެކި ރަސްމިއްޔާތުތަކުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ. ހުށަހަޅާ ލޯގޯތަކުގެ ތެރެއިން ހޮވޭ އެންމެ ރަނގަޅު ލޯގޯއަކަށް 10،000.00ރ (ދިހަހާސް ރުފިޔާ)ގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ކަނޑައެޅިފައެވެ.

ލޯގޯ ހުށަހެޅުމުގެ ސުންގަޑި: 08 ޑިސެންބަރު 2022 ގެ 14:00

ލޯގޯ ހުށަހަޅާނެ އީމެއިލް އެޑްރެސް: [email protected]

ލޯގޯ ފަރުމާކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް

  1. ފަރުމާކުރެވޭ ލޯގޯއަކީ ޅ.ހިންނަވަރު ރަމްޒުކޮށްދޭ، ހިންނަވަރުގެ ފަތުވެރިކަން ޕްރޮމޯޓްކުރުމަށް ބޭނުންކުރެވޭނެ އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. މިގޮތުން ހިންނަވަރަށް ޚާއްސަ ސިފަތަކާއި، ކަންކަމާއި، ތަކެތި ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
  2. ފަރުމާކުރެވޭ ލޯގޯއަކީ މުޅިން އައު، އަމިއްލަ ވަންތަ ލޯގޯއަކަށް ވާންވާނެއެވެ. އެހެން ފަރާތެއްގެ ފިކުރީ މުދަލެއްނަމަ އެކަމަށް ޒިންމާވާނީ ލޯގޯ ފަރުމާކުރި ފަރާތުންނެވެ.
  3. ލޯގޯއަކީ އެއްވެސް ސިޔާސީ ޕާޓީއެއް ނުވަތަ އެހެން އިދާރާއެއް ރަމްޒުކޮށްދޭ ފަރުމާއަކަށް ވެގެން ނުވާނެއެވެ.
  4. ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ ދިދަ، ޖާރޒީ، ލެޓަރހެޑް އަދި ސްޓާފް ކާޑު، ޔުނީފޯމް އަދި ވެބްސައިޓް ފަދަ ތަކެތީގައި ބޭނުންކުރެވޭ ފަދަ ގޮތަކަށެވެ.
  5. ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ DPi600 ނުވަތަ އެއަށްވުރެ މައްޗެވެ.
  6. ލޯގޯ ފަރުމާކުރުމުގައި ބޭނުން އިޚްތިޔާރީ ކުލަތަކެއް ބޭނުންކުރެވިދާނެއެވެ.
  7. ލޯގޯއަކީ ލަކުޑި، ފައިބަރު އަދި މައުދަންތަކުގައި ކަނޑާ ނަގައިގެން ސިފަ ފާޅުކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ލޯގޯއަކަށް ވާންވާނެއެވެ.
  8. ލޯގޯ ފަރުމާކުރަންވާނީ ވެބް ވާރޝަން، ޕްރިންޓް ކޮލެޓީ ވަރޝަން އަދި SVG  ފޯމެޓަށެވެ.

ލޯގޯ އާއި އެކު ހުށަހަޅަންޖެހޭ ތަކެތި

  1. ލޯގޯގެ PNG, PSD  އަދި JPEG ފައިލް ހުށަހަޅަންވާނެއެވެ.
  2. ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF  ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ PDF  ފައިލް 10 އެމް.ބީ އަށް ވުރެ އިތުރުވެގެން ނުވާނެއެވެ.
  3. ލޯގޯގެ ކުލަ ސޮފްޓް ކޮޕީ، ކުލަތަކުގެ ޕެންޓޯން ނަންބަރު އަދި ކުލަ ކޯޑާއެކު ޖޭޕެގް / ޓިޕް ފޯމެޓުގައެވެ.
  4. ލޯގޯ ހުށަހަޅާ ފަރާތުގެ އިތުރު ހުއްދައަކާއިނުލާ ލޯގޯ ބޭނުންކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކައުންސިލަށް ދޭކަން އަންގައިދޭ ލިޔުމެއް.
  5. ލޯގޯ ހުށަހެޅި ފަރާތުގެ ވަނަވަރު.
  6. ލޯގޯ ހުށަހެޅި ފަރާތުގެ އައި.ޑީ.ކާޑުގެ ކޮޕީ.
  7. ލޯގޯއިން ރަމްޒުކޮށްދޭ މާނައާއި ތަފްސީލް ބަޔާންކޮށްދޭ ލިޔުން.
  8. ކޮންމެ ފަރާތަކަށްވެސް ގިނަވެގެން ހުށަހެޅޭނީ 2 ލޯގޯ.

މާކްސް ދެވޭނެ ގޮތުގެ ތަފްސީލް

  1. ލޯގޯ ފަރުމާ ކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން
  2. ލޯގޯ ހުށައަޅާ ފަރާތަކީ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތެއްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގްރާރް ހުށައަޅަންވާނެއެވެ.
  3. ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު
  4. ހިންނަވަރު ސިފަކޮށްދީފައިވާ މިންވަރު
  5. ލޯގޯގެ ފަރުމާތަކަށް އިންސާފްކުރާނީ ކައުންސިލް އިދާރާއިން އެކަމަށް ހާއްސަ ކުރެވޭ ކޮމިޓީ އަކުންނެވެ.
  6. ފަތުރުވެރިކަމުގެ ލޯގޯ ހޮވުމުގައި ލޯގޯ ތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ 5 (ފަހެއް) ލޯގޯ ކައުންސިލްގެ ފޭސްބުކް ޕޭޖްގައި ރައްޔިތުންގެ ޚިޔާލަށް ހުޅުވާލެވޭނެއެވެ. ރައްޔިތުންގެ ވޯޓުން ލޯގޯ އިހްތިޔާރުކުރުމަށް ކަނޑައެޅޭ މިންވަރު ނިންމާނީ އިންސާފްކުރުމަށް އެކުލަވާލެވޭ ކޮމިޓީންނެވެ.

މާކްސް ދެވޭނެ މިންގަނޑު

 

ކްރައިޓީރިއާ

މާކްސް

1

ކޮލިޓީ އަދި ޓެކްނިކަލް ފެންވަރު

35

2

އުފެއްދުންތެރިކަމާއި މަސައްކަތްތެރިކަން

20

3

އަމިއްލަވަންތަކަން

15

4

ޅ. ހިންނަވަރު ސިފަކޮށްދީފައިވާ މިންވަރު

15

5

ޅ. ހިންނަވަރުގެ ފަތުރުވެރިކަމާއި ގުޅުންހުރި މިންވަރު

15

23 ނޮވެންބަރު 2022
ހޯދާ