ދިވެހިރާއްޖެ
ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމާބެހޭ
ށ. ކޮމަންޑޫ ޞިއްޙީމަރުކަޒުގައި މަރާމާތުގެ މަސައްކަތްތަކެއް ކުރުމަށް ކުރެވުނު ނަންބަރު IUL)SH-FAH-RM/INDIV/2014/33)ފ(14 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ވަޑައިގެންފައިވަނީ އެންމެ ފަރާތަކުން ކަމަށްވާތީ، އެ އިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނުކުރަމެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން، 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00އަށް މާލޭގައިނަމަ މިނިސްޓްރީ އޮފް ހެލްތު/ ސޯސަންމަގު، ރޯޝަނީ ބިލްޑިންގަށް، ކޮމަންޑޫގައިނަމަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް، އަދި ފުނަދޫގައިނަމަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން، ނުވަތަ ބަދަލުގައި މީހަކު ފޮނުވާނަމަ، ސިޓީއަކާއެކު ފޮނުވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 30 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 13:00އަށް، މާލޭގައިނަމަ މިނިސްޓްރީ އޮފް ހެލްތު/ ސޯސަންމަގު، ރޯޝަނީ ބިލްޑިންގަށް، ކޮމަންޑޫގައިނަމަ ށ.ކޮމަންޑޫ ޞިއްޙީމަރުކަޒަށް، އަދި ފުނަދޫގައިނަމަ ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަދި މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
24 މުޙައްރަމް 1436