މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
ސ.ގަން މީޓިއޮރޮލޮޖިކަލް އޮބްޒަވޭޓަރީއަށް ފަރުނީޗަރު ސަޕްލައި ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ

 

 

ފަރުނީޗަރު ގަތުމަށް

 

އަންދާސީހިސާބު ބޭނުންވެއްޖެ

          މިސަރވިސްގެ ސ.ގަން މީޓިއޮރޮލޮޖިކަލް އޮބޒަވޭޓަރީ އަށް ފަރުނީޗަރ ސަޕްލައިކޮށް ރާވާދޭނެ ފަރާތެއް ހޯދަންބޭނުންވެގެން 2021 ނޮވެމްބަރ 28 ވަނަދުވަހު އަދި 2022 ފެބުރުވަރީ 23 ދުވަހުކޮށްފައިވާ ނަންބަރު  MMS-A/2022/01 އިޢުލާން އަށް އެކަސީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން 3 ވަނަފަހަރަށް މިތަކެތި ގަތުމަށް އިއުލާންކުރަމެވެ.

          ވީމާ، މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ޑިސެމްބަރ 05  ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވަން ހަމަޖެހިފައިވަނީ 2022 ޑިސެމްބަރ 05  ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ  ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

       މި އިޢުލާނާގުޅޭ މަޢުލޫމާތު  ކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

         އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

23 ނޮވެންބަރު 2022
ހޯދާ