ހުޅުދެލީ ސްކޫލް/ ދ.ހުޅުދެލި
ދިވެހިރާއްޖެ
މެއި / ޖޫން އިމްތިޙާނުގައި ބައިވެރި ވުމުގެ ފުރުސަތު

ހުޅުދެލީ ސްކޫލް

                 ދ.ހުޅުދެލި، ދިވެހިރާއްޖެ                

 

                                                           ނަންބަރު: 15/ GS-171/IUL/2022

އިޢުލާން

             މި އިމްތިޙާން ސެންޓާރ މެދުވެރިކޮށް 2023 މެއި / ޖޫން ގައި ބޭއްވުމަށް ހަމަޖެހިފާ ކެމްބްރިޖް އޯލެވެލް އާއި އައި.ޖީ.ސީ އެސް.އީ އަދި އެސް.އެސް.ސީ އިމްތިޙާނުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

             އެޕްލިކޭޝަން ފޯމު މި ސްކޫލް އިން ލިބެން ހުންނާނެއެވެ. އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރުމަށްފަހު 20 ޑިސެމްބަރ 2022 ވާ އަންގާރަ ދުވަހުގެ 12:00 ކުރިން މި ސްކޫލަށް ހުށަހެޅުއްވުންއެދެމެވެ. ފޯމް ބަލައިގަތުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން 12:00 އަށް މި ސްކޫލް ގައި ކުރިޔަށް ދާނެއެވެ.

            އަމިއްލަގޮތުން މި އިމްތިޙާންތަށް ހެދުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުޞަތު އޮތީ ޕްރައިވެޓް ސެންޓާރ މެދުވެރިކޮށް މަދުވެގެން 10 ކެންޑިޑޭޓުން އިމްތިޙާން ހަދާނަމައެވެ.

           ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނު ކުރަމެވެ.

23 ނޮވެންބަރު 2022
ހޯދާ