ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަސް ނެގުމާއި ބެހޭ

ނަންބަރ: (IUL)258/258/2022/105

 

އިޢުލާން

    

ރުއްގަސް ނެގުމާއި ބެހޭ

 

 

            ހަނިމާދޫއިން ގޯތި ދޫކުރުމަށާއި، ދަނޑުބިން ދިނުމަށް ހަމަޖެހިފައިވާ ސަރަޙައްދު ތަކުގައި ހުރި ރުއްގަސް މިކައުންސިލުންދޭ މައުލޫމާތާއި އެއްގޮތަށް ނަގައި ބިންސާފު ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވެލައްވާ  ފަރާތްތަކުން، 2022 ޑިސެމްބަރ 04 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް  މި އިދާރާއަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުން އެދެމެވެ.

 

              އަންދާސީ ހިސާބު ހުށަހެޅުމާއި އަންދާސީ ހިސާބު ހުޅުވުން އޮންނާނީ  2022 ޑިސެމްބަރ  11 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:30 ގައި މިއިދާރާގެ  ކޮންފަރެންސް ރޫމްގައެވެ.

 

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ އަންދާސީ ހިސާބުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.

   ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

29 ރަބީޢުލައާޚިރު  1444

23  ނޮވެމްބަރ   2022

23 ނޮވެންބަރު 2022
ހޯދާ