މާޅޮސްމަޑުލު އުތުރުބުރީ އިންނަމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. އިންނަމާދޫގައި ކުނި މެނޭޖްކުރުމާ ގުޅޭ:

ރ. އިންނަމާދޫގައި ކުނި މެނޭޖްކުރުމާ ގުޅޭ:

 މި ރަށުގެ ގޭބިސީ ތަކާއި، އެހެނިހެން ތަންތަނާއި ސަރަޙައްދުތަކުގައި އުފެދޭ ކުނި ނައްތާލުމުގެ މަސައްކަތް، ޖުލައި 2019 އިން ފެށިގެން، މި ކައުންސިލުން ކުރަމުންގެންދާއިރު، ފެށުނީއްސުރެ، މިއަދާ ހަމައަށްވެސް، ބައެއް ގޭބިސީ ތަކާއި، ސިނާއީ މަސައްކަތްކުރާ ސައިޓްތަކުން ކުނި އުކާލުމަށް ރަޖިސްޓްރީނުކޮށް، ފީ ނުދައްކާ އަމިއްލައަށް ކުނިއުކާލާ މައްސަލަވަނީ ވަރަށް ބޮޑުވެފައެވެ.

 ވީމާ، ކުނި އުކާލުމަށް، ރަޖިސްޓްރީ ނުކުރާ، ތިރީގައި ލިސްޓްކުރެވިފައިވާ ފަރާތްތަކުން، 2022 ނޮވެންބަރު 23 ވާ ބުދަ ދުވަހުން ފެށިގެން، ރަސްމީ ބަންދުނޫން 03 (ތިނެއް) ދުވަހުގެ ތެރޭގައި ރަޖިސްޓްރީކޮށް، ކުނި މެނޭޖްކުރުމުގެ ޤަވާއިދުތަކާއި، އުޞޫލާ އެއްގޮތްވާގޮތުގެ މަތީން، ކުނި އުކާލުމުގެ އިންތިޒާމް ހަމަޖެއްސުމަށް އަންގަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ކައުންސިލްގެ މެންބަރު އާމިނަތު ސަމާޙާ (7585958) އާ ގުޅުއްވުން އެދެމެވެ.

  • ގޭބިސީތައް
  • ސިނާއީ މަސައްކަތްކުރާ ސައިޓްތައް
  • ގުދަން ސައިޓްތައް

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ނޮވެންބަރު 2022
ހޯދާ