މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ފިންގަރ ޕްރިންޓް ޑޯރލޮކް ހަރުކުރުމާބެހޭ

މިމިނިސްޓްރީގެ ޑިޕާޓްމަންޓްތަކާއި ވެށިފަހި އިމާރާތުގެ ދޮރުގައި ފިންގަރ ޕްރިންޓް ޑޯރލޮކް ހަރުކުރުމާބެހޭ:

މިމިނިސްޓްރީގެ ޑިޕާޓްމަންޓްތަކުގައި ޑޯރލޮކް ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް 9 އޮކްޓޫބަރު 2014 ވަނަ ދުވަހު ކުރި އިޢުލާން ނަންބަރު: IUL)138-AS6/1/2014/174) މަޢުލޫމާތަށް އައި ބަދަލަކާ ގުޅިގެން، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 19 ނޮވެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 ނޮވެންބަރު 2014 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.

މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

22 މުޙައްރަމް 1436

16 ނޮވެންބަރު 2014
ހޯދާ