ދިވެހިރާއްޖެ
ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް ހިންގުން އެހެން އިމާރާތަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާތީ، އާ އިމާރާތުގެ ކޮމްޕިއުޓަރ ނެޓްވޯކް އަދި ޑޯ އެކްސެސް ކޮންޓްރޯލް އަޅައި ދޭނެ ފަރާތެއް ހޯދުމަށް ކުރި މި އޮފީހުގެ ނަންބަރު 483/1/2022/21(IUL) (07 ނޮވެންބަރު 2022) އިޢުލާންނާއެކު ޢާއްމުކޮށްފައިވާ މަޢުލޫމާތު ޝީޓަށް ބަދަލުގެނެސްފައިވާތީ މި މަސައްކަތަށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2022 ނޮވެންބަރު 24 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން، ތިރީގައިވާ ލިންކުން މަޢުލޫމާތު ސާފުކުރެއްވުމަށް ޕްރީ-ރަޖިސްޓަރ ވުމަށާއި، ތިރީގައި ބަޔާންކޮށްފައިވާ ގަޑިއަށް މިއޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.
ޕްރީ-ރަޖިސްޓްރޭޝަން: https://forms.office.com/r/sfbdkBxCp5
އަންދާސީ ހިސާބު ހުށަހެޅުން:
ތަން: ޗިލްޑްރަންސް އޮމްބަޑްސްޕަރސަންގެ އޮފީސް
މޫކައި ސުއިޓްސް، 8 ވަނަ ފަންގިފިލާ
މ.ސަކައިމޫ، ހަވީރީ ހިނގުން
ތާރީޚް: 01 ޑިސެންބަރު 2022
ގަޑި: 11:00
މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި ވާނެއެވެ.
އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ، ރަސްމީ ގަޑީގައި، ނަންބަރު 7960440 ފޯނަށް ގުޅުއްވުން ނުވަތަ [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.