ދިވެހިރާއްޖެ
ނަންބަރު: (IUL)303-AS/2022/58
އިޢުލާން
ޤްރުޢާން މުބާރާތާއި ގުޅޭ
މިކައުންސިލާއި އުނގޫފާރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީ ގުޅިގެން، އަލްމަރްޙޫމް ޑރ. އަފްރާޝީމް ޢަލީގެ ހަނދާނުގައި ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތް 2022 ޑިސެމްބަރ 16 ން 18 ށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ މިމުބާރާތުގައި ބައިވެރިވެލެއްވުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 08 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:30ގެ ކުރިން ތިރީގައިވާ ގޫގަލް ފޯމް ނުވަތަ އިޢުލާނާއެކު ގެޒެޓްކުރެވިފައިވާ މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނަމަ ކައުންސިލްގެ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.
ގޫގަލް ފޯމް ލިންކް: https://forms.gle/tvQcogryVv7A8WG8A
މުބާރާތުގައި ބައިވެރިވުމަށްއެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ހެނދުނު 10:30 ންމެންދުރުފަހު 13:30 އަށް ކަމުގައި ދަންނަވަމެވެ.
22 ނޮވެމްބަރ 2022