މަޤާމު:
|
އިމާމު / މުދިމު
|
ބޭނުންވާ އަދަދު:
|
1
|
މަޤާމު އޮތް އޮފީސް:
|
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
|
ސެކްޝަން:
|
އިކޮނޮމިކް، ޝޯޝަލް އެންޑް މުނިސިޕަލް ސަރވިސް
|
ވަޒީފާ އަދާކުރަންޖެހޭ ތަން:
|
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކައުންސިލްގެ އިދާރާއިން ހަވާލުކުރާ މިސްކިތެއްގައި ފަރުޟު 5 ނަމާދު ކުރުމަށްޓަކައި، ކޮންމެ ނަމާދު ވަގުތެއްގެ ގަޑިޖެހުމުގެ 15 މިނިޓް ކުރިން މިސްކިތަށް ގޮސް، މިސްކިތުގެ ކަންތައްތައް ބަލައި، ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުމާއި، ފަރުޟު 5 ނަމާދު ވަގުތުގައި ބަންގި ގޮވުމާއި، އިމާމުވެ ނަމާދުކުރުން.
- މިސްކިތަށް ލިބެމުންދާ ގެއްލުންތަކާއި ދަތިވާ ކޮންމެކަމެއް ކައުންސިލްގެ އިދާރާއަށް އެންގުމާއި، އެކަންކަން ރަނގަޅުކުރެވޭތޯ ބެލުން.
- މިސްކިތުގެ ސައުންޑް ސިސްޓަމް ބެލެހެއްޓުމާއި، ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެނަމަ ކައުންސިލްގެ އިދާރާއަށް އެކަމެއް އަންގައިގެން އެކަންކަން ޙައްލުކުރުމަށް މަސައްކަތްކުރުން.
- ކައުންސިލްގެ އިދާރާއިން އަންގަވައިފި ހިނދެއްގައި، ކޭތަނަމާދާއި، ޢީދު ނަމާދާއި، ހުކުރު ނަމާދު އިމާމުވެ ކުރުން.
- ތަރާވީޙު ނަމާދާއި، ކަށުނަމާދު، މިސްކިތްތަކުގައި އިމާމުވެ ކުރުން.
|
މަޤާމު
|
ރޭންކް
|
ކްލެސިފިކޭޝަން
|
ޝަރުޠު
|
މުސާރަ
|
ސަރވިސް އެލަވަންސް
|
މުދިމް
|
ޖީ.އެސް 1
|
އެސިސްޓެންޓް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުވެ ނަމާދުކުރަން އެނގޭ މީހެއްތޯ ބެލުމާއި، އިމާމުވެ ނަމާދު ކުރެވޭވަރަށް ތަޖުވީދު މަގުން ކީރިތި ޤުރްއާން ކިޔަވަން އެނގޭތޯ ބެލުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ދެވޭ ފެންވަރު ބެލުމުގެ އިމްތިޙާނުން ފާސްވެފައިވުން. ނުވަތަ،
- ހުކުރުކުރުމުގެ ހުއްދަ ލިބިފައިވުން.
|
3565.00
|
1500.00
|
އިމާމް
|
ޖީ.އެސް 3
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- މުދިމުކަމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
- ހުކުރުކުރުމުގެ ސަނަދު ލިބިފައިވުން. ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
4465.00
|
1500.00
|
އިމާމް
|
ޖީ.އެސް 4
|
އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުގެ މަޤާމުގައި ޖީ.އެސް 3 ރޭންކުގައި މަދުވެގެން 5 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް ގަބޫލުކުރާ ދީނީ މަރުކަޒަކުން މަތީ ޘާނަވީ ސެޓްފިކެޓް ލިބިފައިވުން. ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
5020.00
|
1500.00
|
އެމް.އެސް 1
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- އިމާމުގެ މަޤާމުގައި ޖީ.އެސް 4 ރޭންކުގައި މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
5610.00
|
2000.00
|
އެމް.އެސް 2
|
ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
6295.00
|
2000.00
|
އިސް އިމާމު
|
އެމް.އެސް 3
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 2
|
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ލިބިފައިވުމާއެކު، އިމާމްކަމުގެ މަޤާމުގައި އެމް.އެސް 2 ރޭންކުގައި މަދުވެގެން 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ،
- ދީނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
|
7035.00
|
2000.00
|
އެހެނިހެން ޢިނާޔަތްތައް:
|
އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޚާއްޞަ ޢިނާޔަތުގެ ފައިސާފަދަ، ސިވިލް ސަރވިސް ގަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ތަޢުލީމާއި، ތަމްރީނު.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއާއި، ލިބިފައިވާ ހުނަރު.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭފަދަ މީހެއްކަމުގައިވުން.
- ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި، ގަވާއިދުތަކާއި، ސިވިލް ސަރވިސްގެ ޤާނޫނާއި، ގަވާއިދަށް އަހުލުވެރިވެފައިވާ މިންވަރު.
|
މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއުއާއި ޕްރެކްޓިކަލްސްއާއި އިމްތިޙާނުކުރުން އޮންނާނެ ތާރީޚާއި ތަން:
|
މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުކުރުން އޮންނާނީ، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާރީޚެއްގައި، މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން ކަނޑައެޅޭ ތަނާއި ތާރީޚު މި ވަޒީފާއަށް އެދޭ ފަރާތްތަކަށް އަންގާނެއެވެ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (އެޕްލިކޭޝަން ފޯމު، މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް www.csc.gov.mv ން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓުފިކެޓު ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ)
- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)
- ފުރިހަމަކޮށްފައިވާ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީންތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ސާފު ކޮޕީއެއް.
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
|
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
|
މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު 2014 ނޮވެންބަރު 20 ވާ ބުރާސްފަތިދުވަހު މެންދުރުފަހު 14:30 ގެ ކުރިން، މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.
|
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު: 0002 660 ފޯނާއެވެ. |