ދިވެހިރާއްޖެ
ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އާއި މި އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (ICDS) ގުޅިގެން، ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ތަމްރީނުކުރުމުގެ 6 ވަނަ ޕްރޮގްރާމް 12 - 14 ޑިސެންބަރު 2022 އަށް އޮންލައިންކޮށް (ޒޫމް ޕްލެޓްފޯމް މެދުވެރިކޮށް) ކުރިޔަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
ޕްރޮގްރާމްގެ ނަން: |
ލޯކަލް އޮތޯރިޓީ ކޮމްޕެނީސް ޑިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް (ޑިސެންބަރު 2022) |
ތާރީޚް: |
12 - 14 ޑިސެންބަރު 2022 | (ހެނދުނު 09:00 އިން 14:00 އަށް) |
ޓާރގެޓް އޯޑިއަންސް: |
ކައުންސެލަރުންނާއި ލޯކަލް އޮތޯރިޓީ ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތައް |
ފޯމް ހުށަހަޅަންޖެހޭ އެންމެ ފަހު ތާރީޚް: |
8 ޑިސެންބަރު 2022 |
ފީ: |
1,000ރ ( އެއް ހާސް ރުފިޔާ) |
ޖާގަ: |
30 |
މި ޕްރޮގްރާމުގައި ބައިވެރިވާން އެދިވަޑިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު، ޕޭމަންޓް ސްލިޕް އަދި އައީ.ޑީ.ކާޑްގެ ކޮޕީ އެޓޭޗްކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު މި އޮތޯރިޓީގެ ނަންބަރު 3014140 ނުވަތަ 3014119 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.
28 ރަބީޢުލްއާޚިރު 1444