މިލަދުންމަޑުލު ދެކުނުބުރީ ޅޮހީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން ނ.ޅޮހި މިސްކިތްތަކުގައި މަސައްކަތްކުރާނެ މީހުން ހޯދުން

އިޢުލާން

ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން، މިރަށު މިސްކިތްތަކުގައި މަސައްކަތް ކުރާނެ އިމާމުންނާއި މުދިމުން ހޯދުމަށް ކުރެވުނު ނަންބަރ (15.11.2022) (IUL)291/2022/16 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައި ނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ.

 

މަސައްކަތްކުރަންޖެހޭ ހާލަތްތައް:

-         މިސްކިތު އިމާމް އަދި މަސައްކަތު މީހުން އެކިއެކި ސަބަބުތަކާއިހުރެ މިސްކިތަށް ޙާޟިރުނުވާ ދުވަސްތަކުގައެވެ.

އުޖޫރަ:

-         އިމާމްކަމުގެ ޝަރުތުހަމަވާނަމަ (ޖީއެސް 3 ގެ ރޭންކް) ކޮންމެ ނަމާދުވަގުތަކަށް -/61 ރުފިޔާ.

-         އިމާމްކަމުގެ ޝަރުތުހަމަނުވާނަމަ (ޖީއެސް 1، 2 ގެ ރޭންކް) ކޮންމެ ނަމާދުވަގުތަކަށް -/53 ރުފިޔާ.

-         މަސައްކަތު މީހުން ( އެސް.އެސް 1-5 ގެ ރޭންކް) މަސައްކަތްކުރާ ކޮންމެގަޑިއަކަށް -/45 ރުފިޔާ.

        މިއީ ވޭޖް އެމްޕްލޮއިމަންޓްގެ ދަށުން  އެކުލަވާލެވޭ ޕޫލެއްގައި މަސައްކަތްކުރަންޖެހޭ ބަޔަކަށްވާތީ، އުޖޫރަދެވޭނީ މަތީގައި ބަޔާންކޮށްފައިވާ ގޮތުގެމަތިންނެވެ. ބަންދު ދުވަހުގެ ފައިސާއާއި އިތުރުގަޑީގެ ފައިސާ، މި ޕޫލްގެ ދަށުން މަސައްކަތްކުރާ ފަރާތްތަކަށް ދޭގޮތަށް ހަމަޖެހިފައެއްނުވެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

-          ވަޒީފައަށް އެދޭކަމުގެ ސިޓީ.

-          ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑްގެ ދެފުށުގެ ކޮޕީ.

-          ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ އެންމެ މަތީފާހުގެ ކޮޕީ.

-          މަޤާމާއިގުޅޭ މަސައްކަތުގެ ތަޖުރިބާގެ ލިޔުން.

            ވީމާ،  މަތީގައި ދަންނަވާފައިވާ މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން 2022 ނޮވެމްބަރ 30 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅަންޖެހޭ ލިޔުންތަކާއިއެކު ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

22 ނޮވެންބަރު 2022
ހޯދާ