ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ލައިސަންސް ނެގުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދުގެ ދަށުން ލައިސަންސް ނެގުމަށް ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު (ނަންބަރު: 2014/R-375) ގެ ދަށުން އިންވެސްޓްކުރުމުގެ ލަފާދިނުމުގެ ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު ކުންފުނިތަކަށާއި ފަރުދުންނަށް ހުޅުވާލާފައިވާކަން ޢާންމުކޮށް އަންގައި އިޢުލާން ކުރަމެވެ.

މި ގަވާއިދުގެ ދަށުން އަންނަނިވި ލައިސަންސްތަކަށް ހުޅުވާލަމެވެ.

  1. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކުގެ ލައިސަންސް
  2. އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތައް ތަމްސީލުކުރުމުގެ ލައިސަންސް

ވީމާ، މިގަވާއިދުގެ ދަށުން ލައިސަންސް ނެގުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން، 1 ޑިސެންބަރު 2014 ވާ ހޯމަދުވަހުގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.

ކެޕިޓަލް މާރކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީ،

އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ،

ބޮޑުތަކުރުފާނު މަގު.

އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާކަމުގައިވާނަމަ، [email protected] އަށް ފޮނުއްވެވުން އެދެމެވެ.

އިންވެސްޓްކުރުމަށް ލަފާދޭ ފަރާތްތަކާބެހޭ ގަވާއިދު މި އޮތޯރިޓީގެ ވެބްސައިޓް www.cmda.gov.mv އިން ޑައުންލޯޑް ކުރެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ 115 3014 960+ ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

19 މުޙައްރަމް 1436

12 ނޮވެންބަރު 2014
ހޯދާ