ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ރީޓެއިނަރ އުސޫލުން ޤާނޫނީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

 ބީލަން ހުށަހެޅުމުގެ ދަޢުވަތު

ނަންބަރު : WAMCO-PRO/IUL/2022/119

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްއަށް ރީޓެއިނަރ އުސޫލުން ޤާނޫނީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން.

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ފަރާތުން ރީޓެއިނަރ އުސޫލުން ޤާނޫނީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (WAMCO-PRO/IUL/2022/115) އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ނުލިބުމުގެ ސަބަބުން އެ އިޢުލާން ބާޠިލް ކުރުމަށްފަހު އަލުން ރީޓެއިނަރ އުސޫލުން ޤާނޫނީ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކުރަމެވެ.

ވީމާ، މިކޯޕަރޭޝަނުން ދޭ މަޢުލޫމާތާއި އެއްގޮތަށް މި ކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލުގައި ބަޔާން ކުރެވިފައިވާ ތާރީޚުގައި މި ކޯޕަރޭޝަނަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުން އެދެމެވެ.

ތަފްސީލް

ދުވަސް

ގަޑި

ތަން

މައުލޫމާތު ސާފުކުރުން

24 ނޮވެމްބަރު 2022 (ބުރާސްފަތި)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

ބީލަން ހުށަހެޅުން

30 ނޮވެމްބަރު 2022 (ބުރާސްފަތި)

11:00 (ހެނދުނު)

މާލެ އިންޑަސްޓްރިއަލް ވިލެޖުގައި ހުންނަ ވެމްކޯގެ އޮފީސް

30 ނޮވެމްބަރު 2022 ވާ (ބުރާސްފަތި) ދުވަހުގެ ހެނދުނު 11:00 ގެ ފަހުން ލިބޭ އެއްވެސް ބީލަމެއް ބަލައެއް ނުގަނެވޭނެއެވެ.

ބީލަން ހުށަހަޅުއްވާއިރު މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކުރައްވައި ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ މަޢުލޫމާތު ކަރުދާހުގައި ބަޔާންކުރައްވާފައިވާ ފަދައިން ބައިންޑްކުރެވި ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

އަންދާސީ ހިސާބާއި ބެހޭ އިތުރު މައުލޫމާތެއް ސާފުކުރަން ބޭނުންވާ ނަމަ، 29 ނޮވެމްބަރު 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކޯޕަރޭޝަންގެ އީމެއިލް [email protected] އަށް އެކަން ފޮނުއްވުން އެދެމެވެ. ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އާއި މެންދުރު 14:00 އާއި ދޭތެރޭގައި އެ އީމެއިލް ތަކަށް ޖަވާބު އެރުވިގެންދާނެއެވެ. މި މަސައްކަތާއި ބެހޭ މަޢުލޫމާތު ކަރުދާސް މި ކޯޕަރޭޝަންގެ ވެބްސައިޓްގައި ޝާޢިއު ކުރެވިފައިވާނެއެވެ.

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް

މއ. ޖަންބުގަސްދޮށުގެ، ތިންވަނަ ފަންގިފިލާ

މަޖީދީމަގު ، މާލެ، ދިވެހިރާއްޖެ.

ޕޯސްޓަލްކޯޑް:20161

ފޯން ނަންބަރު: 3025804، 3000581, ފެކްސް ނަންބަރު:3000584 

[email protected]

www.wamco.com.mv

21 ނޮވެމްބަރު 2022

 

21 ނޮވެންބަރު 2022
ހޯދާ