ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ މެއި/ޖޫން ކެމްބްރިޖް އައި.ޖީ.ސީ.އެސް.އީ އަދި އެސް.އެސް.ސީ ނޯމަލް އެންޓްރީ އެޕްލިކޭޝަން މި ޑިޕާޓްމެންޓު މެދުވެރިކޮށް އަމިއްލަ ގޮތުން އިމްތިޙާނުގައި ބައިވެރިވާ ކެންޑިޑޭޓުންނަށް ދޫކުރުމާއި ފައިސާ ބަލައިގަތުން 2022 ނޮވެންބަރ 21 ވާ ހޯމަ ދުވަހުން ފެށިގެން 2022 ޑިސެންބަރ 18 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ނިޔަލަށް މިޑިޕާޓްމަންޓުން ކުރިއަށް ގެންދާނެއެވެ.
އެޕްލިކޭޝަން ފޯމް މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި (ހ.އަސްރަފީވިލާ، ދެވަނަ ފަންގިފިލާ، މަޖީދީމަގު) އަދި ވެބްސައިޓް www.dpe.edu.mv އިން ލިބެން ހުންނާނެއެވެ. އޮންލައިންކޮށް އެޕްލިކޭޝަން ހުށައަޅުއްވާނަމަ މެއިލް ކުރާނީ [email protected] އަށެވެ. އަދި ފައިސާެ ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ބަނޑޭރި ޕޭ ޕޯޓަލް މެދުވެރިކޮށެވެ. ފޯމު ޗެކް ކުރުމަށްފަހު ފައިސާ ދެއްކުމަށް ލިންކް އީމެއިލް އިން ފޮނުވާނެއެވެ.
ފޯމު ދޫކުރުމާއި، ފޯމު ބަލައިގަތުން އަދި ފައިސާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ 0830 ން 1330 އަށެވެ. ފޯމު ހުށަހަޅުއްވާ އިރު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއި ފޮޓޯކޮޕީ ގެންނެވުން އެދެމެވެ.
27 ރަބީޢުލްއާޚިރު 1444
21 ނޮވެމްބަރ 2022