ދިވެހިރާއްޖެ
ބ.ދޮންފަނު މެޖިސްޓްރޭޓް ކޯޓުގެ 02 އެއަރކަންޑިޝަން ސަރވިސްކޮށް މަރާމާތުކުރުން
މިކޯޓްގައި ހަރުކޮށްފައިހުރި 02 އެއަރކަންޑިސަން ސަރވިސްކޮށް މަރާމާތުކުރުމަށް ކުރެވުނު މިކޯޓުގެ ނަމްބަރު F7C-A/2022/3 (15 ނޮވެންބަރު 2022) އިޢުލާން އާއި ގުޅިގެން މަޢުލޫމާތު ސާފުކޮށްފައިވަނީ 02 ފަރާތުން ކަމަށް ވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން އެމަސައްކަތް ކުރުމަށް ފުރުޞަތު ހުޅުވާލަމެވެ. ވީމާ މި މަސައްކަތް އަމިއްލަތަކެތީގައި ކޮށްދެއްވުމަށް ޝައުގުވެރިވާ ފަރާތްތަކުން 24 ނޮވެންބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް ބ.ދޮންފަނު މެޖިސްޓްރޭޓްކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު 30 ނޮވެންބަރު 2022 ވާ ބުދަ ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެވާހަކަ ދެންނެވީމެވެ.
ވީމާ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.