ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ޕްރޮޖެކްޓްސް އޮފިސަރ

އިޢުލާން

ނަންބަރު: WAMCO-HR/IUL/2022/118

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ޕްރޮޖެކްޓްސް އޮފިސަރ

ޑިޕާޓްމަންޓް

ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް މާރކެޓިންގ

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އޮފިސަރ

މުސާރައާއި ޢިނާޔަތްތައް

މަހަކު -/12,000 އާއި -/17,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)

ބޭނުންވާ އަދަދު

01

ޝަރުޠު

  1. ބިޒްނަސް / އެކައުންޓިންގް/ މާކެޓިންގ / ޕަބްލިކް ރިލޭޝަންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 2 (ދޭއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ބިޒްނަސް / އެކައުންޓިންގް/ މާކެޓިންގ / ޕަބްލިކް ރިލޭޝަންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް  5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  4. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  5. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުންފުނިން ހިންގާ ހުރިހާ ޕްރޮޖެކްޓް ޕްލޭންތައް މޮނިޓަރކުރުމާއި، ވަސީލަތްތައް ކޯޑިނޭޓްކުރުމާއި، ޕްރޮޖެކްޓްގެ ކާމިޔާބު މައިލްސްޓޯންތައް ފުރިހަމަވާކަން ކަށަވަރުކުރުމަށްޓަކައި ބަޖެޓްތައް މޮނިޓަރކުރުން.
  2. ކޮންޓްރެކްޓްތަކާއި ޓައިމްޝީޓްތަކާއި ރިޕޯޓްތައް އެކުލަވާލުމާއި ޕްރެޒެންޓޭޝަންތައް ތައްޔާރުކުރުމާއި ލިޔެކިޔުންތައް ބެލެހެއްޓުމާއި، އަދި އިދާރީ މަސައްކަތްތަކުގައި ޓީމްގެ އިސް މެމްބަރުންނަށް އެހީތެރިވެދީ އަދި ޕްރޮޖެކްޓް ކޮމިއުނިކޭޝަންތަކަށް މަގުފަހިކޮށްދިނުން.
  3. ލައިން މިނިސްޓްރީތަކާއި އެހެނިހެން ސްޓޭކްހޯލްޑަރުންނާއި ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓްތައް ބަލައި މޮނީޓަރކުރުމާއި  ޕްރޮގްރެސް އަޕްޑޭޓްތަކާއި، ރިޕޯޓްތަކާއި، ބަޖެޓްތަކާއި، މަޝްވަރާ ކަރުދާސްތައް ހިމެނޭގޮތަށް، މުހިންމު ސްޓޭކްހޯލްޑަރުންނަށް ބޭނުންވާ ޕްރޮޖެކްޓާ ގުޅުންހުރި ލިޔެކިޔުންތައް ތައްޔާރުކޮއް ބެލެހެއްޓުން.
  4. މަޝްރޫއުތަކަށް އަންނަ ބަދަލުތައް އަމިއްލަ އިސްނެގުމާއެކު ބެލެހެއްޓުމާއި މުރާޖަޢާކުރުމާއި، ކުރިމަތިވެދާނެ ކްރައިސިސްތައް ދެނެގަތުމާއި، ކޮންޓިންޖެންސީ ޕްލޭންތައް އެކުލަވާލުން.
  5. ޕްލޭންތަކާއި ބަޖެޓްތައް ރަނގަޅަށް ތަންފީޒުކޮށް ބެލެހެއްޓުމާއި، މޮނިޓަރކުރުމާއި، ފޯކަސްޓްކުރުމާއި، ކޮންޓްރޯލް ކަންކަން ޤާއިމުކުރުން.
  6. ދަޢުލަތުގެ ބަޖެޓުންނާއި، ސަރުކާރު ހިއްސާވާ ކުންފުނިކަތުންނާއި ބޭރުގެ އެހީގައި ސަރުކާރުގެ އިދާރާތަކުން ހިންގާ އެކިއެކި ޕްރޮގްރާމްތަކާއި މަޝްރޫއުތަކާއި، ކޮންޓްރެކްޓް އެޑިމިނިސްޓްރޭޝަނާގުޅޭ އެންމެހާ މަސައްކަތްތައް ހިގާނުހިގާގޮތް ބަލާ، އެ މަޝްރޫޢު ނުވަތަ ޕްރޮގްރާމް ހިނގަނީ ކަ ނޑައެޅިފައިވާ މިންގަޑާއެއްގޮތައްތޯ ބެލުން.
  7. ކޯޕަރޭޝަނުން ކުރިއަށްގެންދާ އަދި ބައިވެރިވާ އެންމެހާ މަޝްރޫޢުތައް މޮނިޓަރކޮއް ވަޒަންކުރުމުގެ މަސައްކަތްތައް ހިންގެވުމާ ޙަވާލުވެ ހުންނަވާ އިސްވެރިއެއްގެ ލަފަޔާއި އިރުޝާދުގެ ދަށުން ކުރުން. މިގޮތުން މަޝްރޫއުތައް ކުރިއަށްދާ މިންވަރު ފާހަގަކުރުމާއިއެކު މަޝްރޫއުތަކުގައި ފާހަގަކުރެވޭ މައްސަލަތައް ދިރާސާކޮށް ރިޕޯޓް ތައްޔާރުކުރުމާއި އެކަންކަން ރަނގަޅުކުރުމަށް ކުރެވިދާނެ ކަންތައްތައް ހިންގެވުމާއި ހަވާލުވެހުންނަވާ އިސްވެރިއަކަށް ރިޕޯޓްކުރުން.
  8. މަޝްރޫއުތައް އެކުލަވާލުމުގައި ބައިވެރިވެ ކަނޑައެޅޭ މަސައްކަތްތައް ކުރުން އަދި މަޝްރޫއުތަކުގައި ބައިވެރިވާ ފަރާތްތައް (ސްޓޭކް ހޯލްޑަރސް) އާއެކު ބައްދަލުވުންތައް ބާއްވާ ޕްރޮގްރާމްގެ ކަންކަން ހަރުދަނާކުރުމަށް މަސައްކަތް ކުރުން.
  9. ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތަކާގުޅިގެން ސަރުކާރުގެ އެކިފަރާތްތަކާއެކު ބާއްވާ އެކިއެކި އިވެލުއޭޝަން ބައްދަލުވުންތަކުގައި ބައިވެރިވެ މައުލޫމާތު ހިއްސާކުރުމާއި މައުލޫމާތު ހޯދުން.
  10. ކޯޕަރޭޝަންގެ ހިންގުމަށް އެހީތެރިވުމަށް ސްޓްރެޓެޖީތަކާއި ސިޔާސަތުތަކާއި ޕްލޭންތަކާއި ގައިޑިންގ ޑޮކިއުމަންޓްތައް އެކުލަވާލުމުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮއްދިނުން.
  11. ސެކްޝަނުގެ މަސައްކަތަކާއި ގުޅޭ ގޮތުން ބާއްވާ ވާރކްޝޮޕް/ ސެމިނަރ/ތަމްރީން ޕްރޮގްރާމް ފަދަ ކަންކަން އިންތިޒާމް ކުރުމާއި އެފަދަ ހަރަކާތްތަކުގައި ބައިވެރިވުން.
  12. އެކުގައި މަސައްކަތްކުރާ ޔުނިޓް އެހެން މުވައްޒަފުންނަށް މަސައްކަތުގެ ތަމްރީނާއި ތަޖްރިބާ ފޯރުކޮށްދިނުން.
  13. އިސްނަގައިގެން މަސައްކަތްކޮށް ހަވާލުކުރެވޭ މަސައްކަތްތައް ވަގުތައް ނިންމުމުގެ ޤާބިލްކަން ހުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.)
  4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2022 ނޮވެމްބަރ 30 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.

އިންޓަރވިއު:

- އިންޓަރވިއުއާއި އިމްތިޙާނުކުރުން ޑިސެންބަރ މަސް ތެރޭގައި ކުރިއަށް ގެންދެވޭނެވެ. 

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.

27 ރަބީޢުލްއާޚިރު 1444

21 ނޮވެމްބަރ 2022

 

21 ނޮވެންބަރު 2022
ހޯދާ