މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޯލްޑްކަޕާއި ދިމާކޮށް މާލޭގެ މަގުތައް ބަންދު ކުރުމާއި ގުޅޭ

 ވޯލްޑްކަޕް އާއި ދިމާކޮށް މާލޭގެ އެކި އެކި ސަރަހައްދުތައް މެޗް ބެލުމުގެ ގޮތުން ބަންދު ކުރުމަށް އެދެމުންދާތީ، މި ކައުންސިލުން މަގު ބަންދުކުރުމުގައި އަމަލުކުރަމުން ދާނީ ތިރީގައި މި ދަންނަވާ އުސޫލުގެ މަތިންނެވެ. އެއީ މެޗް ފެށުމުގެ 30 މިނިޓް ކުރިން ފެށިގެން މެޗް ނިމި، އިތުރު 30 މިނިޓާއި ހަމައަށެވެ. މެޗް ނިމުމަށްފަހު ބަންދު ކުރެވިފައިވާ ސަރަހައްދު ދަތުރު ފަތުރު ކުރެވޭނެ ފަދަ ހާލަތަށް ގެނެސް ދެންވާނެއެވެ. އަދި މެޗު ފެށުމުގެ މާ ކުރިން ވެސް ސަރަހައްދު ބަންދު ކޮށްގެން ނުވާނެއެވެ. ބަންދު ކުރުމަށް ހުއްދަދެވޭ ސަރަހައްދުތަކުގެ ލިސްޓް މި ކައުންސިލްގެ ވެބްސައިޓް އަދި ޓްވީޓާއިން އަދާހަމަކުރަމުން ދާނެ ކަމުގައި ދަންނަވަމެވެ.

 ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

20 ނޮވެންބަރު 2022
ހޯދާ