ދިވެހިރާއްޖެ
ހާފިޒު އަހުމަދު ސްކޫލް
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ
ނަންބަރ: (IUL)GS-74/GS-74/2022/25
ބީލަން ހުށަހެޅުމުގެ ދަޢުވަތު
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް
1. 01 ޖަނަވަރީ2023 އިން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް މި ސްކޫލުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް
ހޯދުމަށް ބޭނުން ވެއްޖެއެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި
ބަޔާންކުރެވިފައި ވާނެއެވެ.
2. މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2022 ނޮވެމްބަރ 20 އިން 2022 ނޮވެމްބަރ 24 އަށް
ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މި ސްކޫލުގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް
ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 ނޮވެމްބަރ 27 ވަނަ ދުވަހުގެކުރިން ތިރީގައިވާ
އެޑުރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4. ޕުރޮޖެކްޓާއި ބެހޭގޮތުން ސުވާލު ހުށައަޅާފައިވާ ފަރާތްތަކަށް މަޢުލޫމާތު ދިނުން އޮންނާނީ 2022 ނޮވެމްބަރ 28
ވަނަ ދުވަހުގެ 10:00 ގައިހާފިޒް އަޙްމަދު ސްކޫލުގެ މީޓިންގ ރޫމުގައެވެ.
5. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 ނޮވެމްބަރ 30 ވަނަ ދުވަހުގެ 10:00 ގައި ހާފިޒް އަޙްމަދު
ސްކޫލުގެ މީޓިންގ ރޫމުގައެވެ.
6. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
7. ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ބަޖެޓް ސެކްޝަން
ހާފިޒް އަޙްމަދު ސްކޫލް
ފުވައްމުލައް ސިޓީ، ދިވެހިރާއްޖެ.
ފޯން: 6861993،6861989
އީ-މެއިލް: [email protected]
ކޮޕީ-މެއިލް: [email protected]
25 ރަބީޢުލް އާޚިރު 1444
20 ނޮވެމްބަރ 2022