ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)268/47 ތާރީޚް 13 ނޮވެމްބަރ 2022 އިޢުލާނާ ގުޅިގެން އެންމެ ފަރާތަކުން ކުރިމަތިލާފައި ވާތީ، މިއަހަރު މިރަށުން ގެވަޅު ދޫކުރުމަށް ކަނޑައެޅި ގެޒެޓްކުރެވިފައިވާ އުޞޫލްގެ ދަށުން އެކުލަވާލަންޖެހޭ ވިލަރެސް ކޮމިޓީއަށް ޢާންމުންގެތެރެއިން ނަގަންޖެހޭ 1 މެންބަރަކު ހަމަޖެއްސުމަށްޓަކައި މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ. މިގޮތުން މެންބަރުކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 23 ނޮވެމްބަރ 2022 ބުދަ ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.
- ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތަކަށްވުން .
- މިބުރުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތެއްކަމުގައި ނުވުން.
ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ، ތައުލީމީގޮތުން ލިބިފައިވާ އެންމެ މަތީ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.
ގެވަޅުދޫކުރުމުގެ އުޞޫލްގެ 10 ވަނަމާއްދާގެ (ށ) ގައިވާގޮތުން ކޮމިޓީގައި ބައިވެރިވުމަށްއެދި އާއްމުންގެ ފަރާތުން 2 (ދެއެއް) ފަރާތަށްވުރެ ގިނަ އަދަދަކަށް އާއްމުން ކުރިމަތިލައިފިނަމަ، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހިމެނުމުގައި ބަލާނީ ތަޢްލީމީ ފެންވަރަށާއި މިފަދަ މަސައްކަތެއް ކުރެވިދާނެ ފަދަ ޤާބިލްކަންހުރި ފަރާތްތަކަށެވެ.
ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.