އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލަށް ގެނެވޭ 4 ވަނަ އިޞްލާޙާގުޅޭ

މި އިދާރާގެ ނަންބަރު:(IUL)339-ESMS/339/2022/126 (13 އޮކްޓޯބަރު (2022 އިޢުލާނާއި، ގުޅޭގޮތުން ދަންނަވަމެވެ.

ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް އެކުލަވާލާފައިވާ އުޞޫލުގެ ޕޮއިންޓް އުނިކުރެވޭ ބަޔަށް 2.8.2 އިތުރުކޮށް ސަރުކާރުން ނުވަތަ ކައުންސިލް އިދާރާއިން ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ދޫކޮށްފައިވާ ބަންޑާރަ ގޯއްޗެއް އަމިއްލަ ނަމުގައި އޮވެ އެ ގޯތި އެހެންފަރާތަކަށް ދީ، ދޫކޮށްލާ ނުވަތަ ވިއްކާލާފައިވާނަމަ އަކަފޫޓަކަށް 0.020 އުނިކުރުމަށް އުޞޫލަށް އިޞްލާޙު ގެނެވިފައިވާކަމުގައި ދަންނަވަމެވެ.

އަދި އުޞޫލުގެ 6 ވަނަ ނަންބަރުގައި ހުށައަޅަންޖެހޭ ލިޔުންތަކުގެ 9 ވަނަ ލިޔުމެއްކަމަށް ބަޔާންކޮށްފައިވާ ގޯއްޗަށް އެދޭ މީހާގެ އަނބި / ފިރިމީހާގެ ނަމުގައި ރަޖިސްޓްރީވެފައިވާ ގޯތި ނުވަތަ ގޯތިތަކުގެ ރަޖިސްޓްރީ ކޮޕީ ހުށައެޅުމަށް ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށްއެދޭ ފޯމުގައި ހިމެނިފައިނުވާތީ، ފޯމާއެކު ހުށައަޅަންޖެހޭ ލިޔެކިޔުންތަކުގެ ބަޔަށް 17 ވަނަ ނަންބަރު (ގޯއްޗަށް އެދޭ މީހާގެ އަނބި / ފިރިމީހާގެ ނަމުގައި ރަޖިސްޓްރީވެފައިވާ ގޯތި ނުވަތަ ގޯތިތަކުގެ ރަޖިސްޓްރީ ކޮޕީ ހުށައެޅުން) އިތުރުކޮށްފައިވާ ކަމުގައި ދަންނަވަމެވެ.

 މި އިޞްލާޙުތަކާގުޅިގެން މިހާރު ފޯމް ހުށައަޅާފައިވާ އެއްވެސް ފަރާތަކުން އަލުން ފޯމް ހުށައަޅަންނުޖެހޭނެކަން މަޢުލޫމާތަށްޓަކައި ދެންނެވީމެވެ. ނަމަވެސް މި އިޞްލާޙުތަކާ ގުޅިގެން ހުށައަޅަންޖެހޭ ލިޔުމެއް ހުށަނޭޅޭ ފަރާތެއްވާނަމަ، އެލިޔުމެއް ހުށައެޅުއްވުމަށް ދަންނަވަމެވެ. އަދި މުއްދަތު ހަމަވެފައިވީނަމަވެސް އައިޑީކާޑް ފޯމާއެކު ބަލައިގަންނަކަންވެސް މަޢުލޫމާތަށްޓަކައި ދަންވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާން ކުރީމެވެ. އަދި މި އިޢުލާނާއެކު އިޞްލާޙުކުރެވިފައިވާ އުޞޫލް އަދި ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

20 ނޮވެންބަރު 2022
ހޯދާ