ފ.އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

މި ހޮސްޕިޓަލުގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ހޯދުމަށް ޢާންމުކޮށް އިޢުލާންކުރަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު :01

ރޭންކް:

ޖީ.އެސް 3

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 1

މަސައްކަތްކުރަންޖެހޭ އޮފީސް: ފ. އަތޮޅު ހޮސްޕިޓަލް

ސެކްޝަން: އިދާރީ

މުސާރަ:

މަހަކު -/4465 ރުފިރާ

ސަރވިސް އެލަވަންސް: މަހަކު -/1500 ރުފިޔާ

ޝަރުޠު:

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
    ނުވަތަ
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ޑީ ފާސް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތައް:

-  މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާއި މަހުން މަހަށް ހާޒިރީ ރިޕޯޓު ތައްޔާރުކުރުން.

-  މުވައްޒަފުންގެ ކުށުގެ ރެކޯޑު ބެލެހެއްޓުން.

-  ވަޒީފާތަކަށް މީހުން ހޯދުމާއި ވަޒީފާއިން ވަކިކުރުމާއި ވަޒީފާގެ ކުރިއެރުން ހޯދުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.

-  މުވައްޒަފުންގެ ދާއިމީ ރަޖިސްޓަރީއާއި ވަގުތީ މުވައްޒަފުންގެ ރަޖިސްޓަރީއަށް އަންނަ އުނިއިތުރު ލިޔެ ބެލެހެއްޓުން.

-  މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑު ބެލެހެއްޓުމާއި، މުވައްޒަފުންނަށް ޗުއްޓީ ދިނުމުގެ ކަންތައްތައް ބެލެހެއްޓުން.

-  މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބަލާ ފޯމުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.

-  މީގެ އިތުރުން ޚާއްޞަ ހާލަތްތަކުގައި ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

ދިވެހި ސިވިލް ސަރވިސްގެ ގަވާއިދުގެ ޗެޕްޓަރ 5 ގައިވާ ގޮތުގެ މަތީން

  1. އިތުރުގަޑީގެ ފައިސާއާއި ރިސްކް އެލަވަންސް – ހަމަޖެހިފައިވާ އުސޫލުން
  2. ރަމަޟާންމަހުގެ ޚާއްޞަ އެލަވަންސް – ހަމަޖެހިފައިވާ އުސޫލުން

މަޤާމަށް ކުރިމަތިލުމުގެ މުއްދަތާއި ކުރިމަތިލާނެ ގޮތް:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވެލައްވާ ފަރާތްތަކުން " ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު " ފުރިހަމަކުރުމަށްފަހު ތިރީގައިވާ ލިޔުންތަކާއެކު 23 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން ފ.އަތޮޅު ހޮސްޕިޓަލުގެ އޮފީހަށް ހުށަހެޅުން އެދެމެވެ.

  1. މަޢުލޫމާތު ފުރިހަމަކޮށްފައިވާ " ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު " މި ފޯމު، ހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސްގެ ވެބްސައިޓް: www.csc.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
  2. ލިބިފައިވާ ތަޢުލީމީ ސަނަދު / ފާސްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ފެންވަރުގެ ސަނަދުތައް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައި)
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ
  4. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ނަންބަރާއެކު )
  5. ސިވިލް ސާރވިސް އަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، މިހާރު އަދާކުރާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ މުއައްސަސާގެ ލިޔުމެއް.
  6. ވަޒީފާއެއް އަދާކުރައްވާ ފަރާތެއްނަމަ، ނުވަތަ ވަޒީފާއެއް އަދާކުރައްވާފައިވާ ފަރާތެއްނަމަ، ވަޒީފާގައި އޮތް މަސްއޫލިއްޔަތު އަދި ވަޒީފާގައި ހޭދަވި މުއްދަތު އެނގޭނޭ ލިޔުމެއް ހުށަހެޅުއްވުން.

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބެލެވޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށްޓަކައި ބަލާނީ ދިވެހި ސިވިލް ސަރވިސް ކޮމިޝަނުން 01 އެޕްރީލް 2013 ގައި ޝާއިޢުކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް މީހުން ހޮވުމާއި ޢައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތަކަށެވެ. މި މިންގަނޑުތަކާއި އުސޫލުތައް ސިވިލްސަރވިސް ކޮމިޝަނުގެ ވެބްސައިޓް: www.csc.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. މިގޮތުން މަޤާމަށް އެންމެ ޤާބިލު ފަރާތެއް ކަނޑައަޅާނީ A2 ފޯމުގައިވާ ތިރީގައިވާ ބައިތަކަށް ޕޮއިންޓް ދިނުމުން، އެންމެ މަތީ ޕޮއިންޓް ލިބޭ ފަރާތަކީ އެންމެ ޤާބިލު ފަރާތް ކަމުގައި ކަނޑައަޅައިގެންނެވެ.

  1. ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ
  3. ލިބިފައިވާ ހުނަރު (އިންޓަރވިއުކޮށްގެން ބަލައި ކަށަވަރުކުރާބައި)

މަޤާމަށް މީހަކު ހޮވުމަށް އިންޓަވިއުކުރުން

  • މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ 2014 ނޮވެންބަރު 26 ން 2014 ނޮވެންބަރު 29 އާ ދޭތެރޭގައި މިހޮސްޕިޓަލުގެ އޮފީހުގައެވެ. ވަޒީފާގެ ޝަރުޠު ހަމަވާ ފަރާތްތަކަށް އިންޓަރވިއު އޮންނަ ތާރީޚާއި ގަޑި އަދި އިންޓަރވިއުގައި ސުވާލުތައްކުރެވޭ މައިގަނޑު ދާއިރާތައް ހިމެނޭގޮތަށް އިންޓަރވިއު އޮންނަ ގަޑީގެ 24 ގަޑިއިރުގެ ކުރިން ލިޔުމުން އެނެގޭނެއެވެ. ވަޒީފާއަށް ކުރިމަތިލައްވާ ފަރާތްތަކުން މަތީގައިވާ ތާރީޚުން ފެށިގެން 03 ދުވަހުގެ މުއްދަތަށް އިންޓަރވިއުއަށް ތައްޔާރުވެގެން ރަށުގައި ތިއްބެވުން އެދެމެވެ.
  • އިންޓަރވިއުއަށް ހާޒިރުވާއިރު މަޤާމަށް އެދި ހުށަހަޅާފައިވާ ސެޓުފިކެޓުތަކާއި ލިޔުންތަކުގެ އަސްލު އަދި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ.

ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، ހިއުމަން ރިސޯސް މެނޭޖްމެންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީން ކަނޑައަޅާ ކްރައިޓީރިއާއެއްގެ ދަށުން ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި އިންޓަރވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭއިރު ހޮވޭ ފަރާތްތަކާއެވެ.

އެހެނިހެން މަޢުލޫމާތު:

  • މި މަޤާމަށް ކުރިމަތިލާ ފަރާތަކީ ޢުމުރުން 55 އަހަރުވެފައިވާ ފަރާތަކަށް ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ހުށަހެޅުންތަކާއި، ފުރިހަމަ ނުކޮށް ހުށަހަޅާ ލިޔުންތައް ބާޠިލުކުރެވޭނެއެވެ.
  • އެކްރެޑިޓް ނުކޮށް ހުންނަ ސެޓުފިކެޓުތަކާއި ލިޔުންތަކަށް މާކުހެއް ނުދެވޭނެއެވެ.
  • ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަރވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އެކަން ކުރާނީ އިންޓަރވިއު ޕެނެލުންނެވެ.

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ މިހޮސްޕިޓަލުގެ ނަންބަރު: 6740086 ފޯނަށް ގުޅުއްވުން އެދެމެވެ. އަދި އީމެއިލް އެޑްރެހަކީ [email protected]

19 މުޙައްރަމް 1436

12 ނޮވެންބަރު 2014
ހޯދާ