ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

ނަންބަރ:IL-KPL/2022/010

ތާރީޚް:20 ނޮވެމްބަރ 2022

މަޤާމް

އެސިސްޓެންޓް އައި.ޓީ އެސޯސިއޭޓް

ބޭނުންވާ ޢަދަދު:

2 (ދެއެއް)

މުސާރަ:

-/5000 ރ

އެހެނިހެން ޢިނާޔަތްތަށް:

- -/3500ރ އާއި -/5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤަޢުމީ އޮނިގަނޑު ލެވެލް 02 ގެ ސަނަދެއް ޙާޟިލުކޮއްފައިވުމާއިއެކު، މަދުވެގެން 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

- އޭލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ކުންފުނީގެ އައި.ސީ.ޓީ އިންފްރާސްޓަކްޗަރ އަޕްގްރޭޑްކޮށް ބެލެހެއްޓުމާއި މެނޭޖްކުރުން.
  2. ކުންފުނީގެ އައި.ސީ.ޓީ އިންފްރާސްޓަކްޗަރ ރިޕެއަރކޮށް ސާވިސްކުރުމާއި އައި.ސީ.ޓީ ސްޓޮކް ޕޮލިސީ އާއި އެއްގޮތަށް މެނޭޖްކުރުން.
  3. ކުންފުނީގެ އިންފޮމޭޝަން ސިސްޓަމް އަދި އައި.ސީ.ޓީ އިކުއިޕްމަންޓްތަކަށް އެންޑް ޔޫސަރ ސަޕޯޓް ދިނުން.
  4. ޑިޕާޓްމަންޓްގެ އެސެޓްސް ރެޖިސްޓަރގައި ހިމެނިފައިވާ ތަކެތި ކުންފުނީގެ ހެދިފައިވާ ޕޮލިސީތަކާއި އެއްގޮތަށް ބެލެހެއްޓުން.

މަޤާމް

އެސިސްޓެންޓް ޓެލީ އެސޯސިއޭޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/5000 ރ

އެހެނިހެން ޢިނާޔަތްތަށް:

- -/3500ރ އާއި -/5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤަޢުމީ އޮނިގަނޑު ލެވެލް 02 ގެ ސަނަދެއް ޙާޟިލުކޮއްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ އުޅެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- އޭލެވެލް އިމްތިޙާނުން މަދުވެގެން 2 މާދާއިން ފާސްވެފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ޓެލީ ކުރަންބޭނުންވާ ޝީޓް ފޮތްތަކާއި ގަލަމާއި މާކަރ ފަދަ ތަކެތި ހަމަކޮށްގެން މަސައްކަތަށް ނިކުތުން އަދި ހަމަ ޖެހިފައިވާ ޤަވައިދު ތަކާއި އެއްގޮތަށް ޓެލީކުރުން.
  2. މުދާ ޓެލީ ކުރުމުގައި މުދަލުގެ މާކް އާއި، ބާވަތާއި، އަދަދާއި ގެއްލުމެއް ލިބިފައިވާނަމަ ލިބިފައިވާ ގެއްލުމަކާއި ގެއްލުމެއް ލިބިފައިވަނީ ބޭލުމުގެ ކުރިންތޯ ނުވަތަ ބޭލުމުގެ ތެރޭގައިތޯ ބަލާ އެކަން ޓެލީ ޝީޓްގައި ނޯޓްކުރުން.
  3. ކޮންޓެއިނަރ ޓެލީ ކުރުމުގައި ކޮންޓެއިނާ ނަމްބަރ ތަކާއި ގެއްލުމެއް ލިބިފައިވާނަމަ އެކަން އެނގޭނެ ގޮތަށް ޓެލީ ޝީޓްގައި ނޯޓްކުރުން.
  4. ބޯޓް ފަހަރުން ބާލާ ނުވަތަ އަރުވާ މުދަލަށް އެއްވެސް ގެއްލުމެއް ލިބިފައިވާނަމަ އެފަދަ މުދަލެއް ބޯޓުން ބޭލުމާއި އެރުވުމުގެ ކުރިން ބޯޓުގެ ޑިއުޓީ އޮފިސަރަށް ދައްކައި ޓެލީ ޝީޓްގައި އެކަން ނޯޓުކުރުން.
  5. ހަލާކުވެފައިވާ މުދާ ބޭލުމުގެ ކުރިން އެކަން އެވަގުތެއްގައި ސެކްޝަން ހިންގުމާއި ހަވާލެވެ ހުންނެވި ފަރާތަކަށް އަންގައި އެފަރާތުން އެންގި ގޮތެއްގެ މަތިން އަމަލުކުރުން.

މަޤާމް

އެސިސްޓެންޓް ކްލިއަރެންސް އެސޯސިއޭޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/5000 ރ

އެހެނިހެން ޢިނާޔަތްތަށް:

- -/3500ރ އާއި -/5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤަޢުމީ އޮނިގަނޑު ލެވެލް 02 ގެ ސަނަދެއް ޙާޟިލުކޮއްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ އުޅެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- އޭލެވެލް އިމްތިޙާނުން މަދުވެގެން 2 މާދާއިން ފާސްވެފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ކްލިއަރ ކުރެވޭ އެންމެހާ މުދާ ކޮންސައިނީންނަށް ދޫކުރުމާއި ގުޅޭގޮތުން ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ރާވައިހިންގުން.
  2. ކްލިއަރކުރާ މުދާތަކުގެ ކުލައިމްތަށް ޕްރޮސެސްކޮށް ސާވޭ ކުރަޏްޖެހޭ ހާލަތުގައި މުދާތަށް ސާވޭ ކުރުމާއި ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންތައްތައްކުރުން.
  3. ކްލިއަރ ނުކޮށް ގިނަދުވަސްވެފައިވާ މުދާތަށް ނައްތާލުމާއި ނީލަންކިޔުގެ އެންމެހައި ކަންތައްތަށް ރާވާ ހިންގުން.
  4. ކާރގޯ ކްލިއަރެންސް ޔުނިޓްގ ދަށުގައި ހުންނަ ވެއަރހައުސް މެނޭޖްކުރުމާއި ގުދަނުގައި ބަލަހައްޓާ  މުދަލާއި ތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުން.
  5.  ޑިޕާޓްމަންޓްގެ އެސެޓްސް ރެޖިސްޓަރގައި ހިމެނިފައިވާ ތަކެތި ކުންފުނީގެ ހެދިފައިވާ ޕޮލިސީތަކާއި އެއްގޮތަށް ބެލެހެއްޓުން.

މަޤާމް

އެސިސްޓެންޓް ޕްރޮކިއުމެންޓް އެސޯސިއޭޓް

ބޭނުންވާ ޢަދަދު:

01 (އެކެއް)

މުސާރަ:

-/5000 ރ

އެހެނިހެން ޢިނާޔަތްތަށް:

- -/3500ރ އާއި -/5000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ

- އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތްކޮށްފި ނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑިއާއި އެހެނިހެން އިނާޔަތްތައް ލިބިދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

- ގުޅުންހުރި ދާއިރާއަކުން، ދިވެހިރާއްޖޭގެ ޤަޢުމީ އޮނިގަނޑު ލެވެލް 02 ގެ ސަނަދެއް ޙާޟިލުކޮއްފައިވުމާއިއެކު، ގުޅުންހުރި ދާއިރާއަކުން މަދުވެގެން 02 އަހަރު ދުވަހުގެ އުޅެ ތަޖުރިބާ ލިބިފައިވުން،

ނުވަތަ

- އޭލެވެލް އިމްތިޙާނުން މަދުވެގެން 2 މާދާއިން ފާސްވެފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

  1. ޕްރޮކިއުމެންޓް ޕޮލިސީއާއި އެއްގޮތް ވާގޮތުގެ މަތީން ކުންފުންޏަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތަށް ހޯދުމާއި އަދި ޕޮލިސީގެ ދަށުން ކުރަޏްޖެހޭ އެންމެހާ ކަންތައްތައްކުރުން.
  2. ސަޕްލައިރުންނަށް ފައިސާ ދެއްކުމަށް ބޭނުންވާ ލިޔެކިއުންތަށް ފައިނޭންސް ޑިޕާޓްމެންޓަށް ފޮނުވުން.
  3. ވެންޑާރސް ރަޖިސްޓްރީ މެނޭޖްކޮށް ބެލެހެއްޓުމާއި ސަޕްލަޔާ ރިލޭޝަންޝިޕް އަދި ޕާފޯމޭންސް މެނޭޖް ކުރުން.
  4. ޑިޕާޓްމެންޓްގެ އެސެޓްސް ރެޖިސްޓަރގައި ހިމެނިފައިވާ ތަކެތި ކުންފުނީގެ ހެދިފައިވާ ޕޮލިސީތަކާއި އެއްގޮތަށް ބެލެހެއްޓުން.

މަސައްކަތް ކުރަންޖެހޭ ތަން :

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

ސުންގަޑި:

01 ޑިސެމްބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން.

އިންޓަރވިއު ކުރުން:

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އޮންނާނީ، 11 ޑިސެމްބަރ 2022 އާއި 22 ޑިސެމްބަރ 2022 އާއި ދެމެދު، ކުޅުދުއްފުށީ ޕޯޓްގައި އެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް (މި މަޤާމަށް އެދި ހުށަހަޅާ ފޯމް މިއޮފީހުން ލިބިވަޑައިގަންނަވާނެއެވެ).

- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯން ނަންބަރާއިއެކު)

ހުށަހަޅަންޖެހޭ އޮފީސް:

ކުޅުދުއްފުށީ ޕޯޓް ޕްރައިވެޓް ލިމިޓެޑް / ހދ. ކުޅުދުއްފުށި

އިތުރު މަޢުލޫމާތު: 6528149 ، 6528558

އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅުއްވާނަމަ : [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ އެޕްލިކޭޝަންތަކާއި ، އީ.މެއިލް ބާތިލްކުރެވޭނެ އެވެ.

20 ނޮވެންބަރު 2022
ހޯދާ