ދިވެހިރާއްޖެ
އިޢުލާން ނަންބަރ: GS-171/IUL/2022/13
ބީލަން ހުށަހެޅުމުގެ ދަޢުވަތު
އަސްކެނި ސީލިންގތައް (އޮފީސް، ހޯލް، ގްރޭޑް 9،6،3) މަރާމާތުކުރަން ބޭނުންވެއްޖެއެވެ.
1 މި ސްކޫލްގެ އޮފީސް، ހޯލް، ގްރޭޑް 9،6،3 ގެ ހަލާކުވެފައިވާ ތޮއްފިލަޔާއި، ނަލަފިލާ ނައްޓައި، އައު ތޮއްފިލަޔާއި، ނަލަފިލާ ޖަހައި، ނެއްޓި ދިޔަދޮތްވާއި، އަރިކިނބި ހަރުކުރުމާއި، ޢިމާރާތުގެދެކޮޅުބިތާއި، ދެފަރާތުގެ އަސްކެނި ސީލިންގ މަރާމާތުކުރުމަށް ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.
2 މިމަސައްކަތް ކޮށްދިނުމަށް އެދޭ ފަރާތްތަކުން، 20 ނޮވެމްބަރ 2022 ން 24 ނޮވެމްބަރ 2022 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލްގެ އޮފީހަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.
3 މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 24 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
4 ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 28 ނޮވެމްބަރ 2022 ވަނަ ދުވަހުގެ 11:00 ގައި ސްކޫލް އޮފީހުގައެވެ.
5 މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
6 އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހުޅުދެލީ ސްކޫލް
ދ. ހުޅުދެލި، ދިވެހިރާއްޖެ.
ފޯން: 7952918
އީ-މެއިލް: [email protected]