ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތިލައުތުރު ފުޓްސަލް މުބާރާތް - 2022 ބައިވެރިވުމާބެހޭ

މިއަތޮޅުގައި ހުރި ސަރުކާރުގެ އޮފީސްތަކަށާއި، ސަރުކާރު ޙިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް އަމާޒުކޮށްގެން "ތިލައުތުރު ފުޓްސަލް މުބާރާތް - 2022" ނަމުގައި ފުޓްސަލް މުބާރާތެއް މި ކައުންސިލާއި އުތީމު ކައުންސިލް ގުޅިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގައި ކޮންމެ ރަށަކުންވެސް ބައިވެރި ވެވޭނީ، އެރަށެއްގެ މުވައްސަސާއެއް ނުވަތަ މުވައްސަސާތަކުން ތަމްޘީލުކުރާ އެއް ޓީމަށެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 2022 ޑިސެންބަރު 01 ވާ ބުރާސްފަތި ދުވަހުއެވެ.       

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ޓީމްތަކުން، މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމް ފުރިހަމަ ކުރުމަށްފަހު، 2022 ނޮވެންބަރު 22 ވާ އަންގާރަ ދުވަހުގެ 14:00 ކުރިން މި ކައުންސިލްގެ ރަސްމީ އީމެއިލް [email protected]  އަށް  ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.  އަދި ޓީމްގައި ހިމެނޭ ކުޅުންތެރިން ރަށު ކައުންސިލް އިދާރާއިން ވެރިފައި ކުރުމަށްފަހު، ކުޅުންތެރިންގެ ލިސްޓް 2022 ނޮވެންބަރު 27 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން މަތީގައި ދެންނެވިފައިވާ އީ-މެއިލަށް ނުވަތަ އަތޮޅު ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.

 މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

17 ނޮވެންބަރު 2022
ހޯދާ