ދިވެހިރާއްޖެ
މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް އިން ހިންގަމުންދާ މާލެ ނޯތު ހާބަރ އަދި މާލެ ސައުތުވެސްޓް ހާބަރ އިން ޚިދުމަތް ހޯދަމުންދާ އެންމެހައި ފަރާތްތަކުގެ ސަމާލުކަމަށްޓަކައި ދަންނަވަމެވެ. މިބަނދަރުތަކުން ޚިދުމަތް ހޯދާ ހުރިހާ އުޅަނދުފަހަރުގެ އެންމެ ފަހުގެ މަޢުލޫމާތު ބޭނުންވާތީ، ތިރީގައި މިދަންނަވާ މަޢުލޫމާތުތަށް 2022 ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޮނުވައިދެއްވުން އެދެމެވެ.
ކަނޑުގައި ދުއްވާ އުޅަނދު ފަހަރު
އުޅަނދުގެ ރަޖިސްޓްރީ
ޓްރާންސްޕޯރޓް އޮތޯރިޓީން ދެވިފައިވާ ހުއްދަތައް
ތެޔޮ ނުވަތަ ގޭސް އުފުލާ އުޅަނދެއް ކަމުގައި ވާނަމަ ޑިފެންސް މިނިސްޓްރީ / އެމްއެންޑީއެފް އިން ދީފައިވާ ލިޔުން
އުޅަނދުގެ ކެޕްޓަނުގެ ލައިސަންސް
މިނޫނަސް ސަރުކާރުގެ ކަމާއި ބެހޭ އިދާރާއަކުން އުޅަނދު ދުއްވުމަށް ދެވޭ ހުއްދަތައް
ވެރިފަރާތް / އޮޕަރޭޓް ކުރާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
މީގެ އިތުރުން މާލެ ސައުތުވެސްޓު ހާބަރ (ޓީ-ޖެޓީ) ގައި ތެލާއި ގޭސް އަދި ކްރޭނުގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަށްވެސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިޔަށްގެންދިޔުމަށް ބޭނުންވާތީ ތިރީގައި މިދަންނަވާ މަޢުލޫމާތު 2022 ޑިސެމްބަރ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ފޮނުވައިދެއްވުން އެދެމެވެ.
ތެޔޮ އަދި ގޭސް އުފުލާ އުޅަނދުފަހަރާއި ޚިދުމަތް ފޯރުކޮށްދޭ ކްރޭން
އުޅަނދުގެ ރަޖިސްޓްރީ
ޓްރާންސްޕޯރޓް އޮތޯރިޓީން ދެވިފައިވާ ހުއްދަތައް
ތެޔޮ ނުވަތަ ގޭސް އުފުލާ އުޅަނދެއް ކަމުގައި ވާނަމަ މިނިސްޓްރީ އޮފް ޑިފެންސް / އެމް.އެން.ޑީ.އެފް އިން ދީފައިވާ ލިޔުން
އުޅަނދުގެ ކެޕްޓަނުގެ ލައިސަންސް
މިނޫނަސް ސަރުކާރުގެ ކަމާއި ބެހޭ އިދާރާއަކުން އުޅަނދު ދުއްވުމަށް ދެވޭ ހުއްދަތައް
ވެރިފަރާތް / އޮޕަރޭޓް ކުރާ ފަރާތުގެ އައި.ޑީ ކާޑު ނުވަތަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީ
އެގޮތުން މާލެ ނޯތު ހާބަރުން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން [email protected] އަށް މެއިލް ނުވަތަ 7212127 ނަމްބަރަށް ވައިބަރ ކޮށްދެއްވުން އެދެމެވެ. އަދި މާލޭ ސައުތުވެސްޓް ހާބަރ (ޓީ-ޖެޓީ) އިން ޚިދުމަތް ހޯއްދަވާ ފަރާތްތަކުން [email protected] އަށް މެއިލް ނުވަތަ 7879393 އަށް ވައިބަރ ކޮށްދެއްވުން އެދެމެވެ. އަދި މީގެ އިތުރުން އިސްވެދެންނެވުނު ލިޔެކިޔުންތައް ޚިދުމަތް ލިބިދޭ ބަނދަރަކުން ހަވާލުވާނެ ވާހަކަވެސް ދެންނެވީމެވެ. ޚިދުމަތް ލިބިދޭ އުޅަނދެއްގެ ލިޔެކިޔުންތަކަށް އެއްވެސް ބަދަލެއް އަތުވެއްޖެނަމަ، އެކަން އެބަނދަރަކަށް އެންގުމަކީ ވެރިފަރާތް / އޮޕަރޭޓް ކުރާ ފަރާތުގެ ޒިންމާއެކެވެ. އަދި މި މަޢުލޫމާތުތައް ބަދަލުވެގެން ނުވަތަ ސެޓްފިކެޓް ތަކުގެ މުއްދަތު ހަމަވެގެން ޚިދުމަތް ދިނުމުގައި ދިމާވެދާނެ ދަތިތަކަށް މި ޑިޕާޓްމަންޓުން ޒިންމާ ނުވާނެ ކަމުގައި ވެސް ދެންނެވީމެވެ.
ނޯޓް: މި މުއްދަތުގައި ލިޔެކިޔުންތައް ފޮނުވާފައިނުވާ ފަރާތްތަކާއި އަލަށް ޚިދުމަތް ހޯދުމަށް އެދޭ ފަރާތްތަކުން އިސްވެދެންނެވުނު ލިޔެކިޔުންތައް ޚިދުމަތަށް އެދުމުގެ 24 ގަޑިއިރު ކުރިން އެބަނދަރަކަށް ފޮނުވަންވާނެވެ. ލިޔެކިޔުންތައް ލިބިފައިނުވާނަމަ ޚިދުމަތް ދިނުމުގައި ދިމާވެދާނެ ދަތިތަކަށް ޒިންމާވެވެން ނޯންނާނެ ކަމުގައި ވެސް ދެންނެވީމެވެ. އަދި ޚިދުމަތް ފޯރޮކޮށްދެވޭނީ އުޅަނދުގެ އިސްވެދެންނެވުނު މަޢުލޫމާތުގެ ސައްޙަކަމަށް ބެލި، ސޮފްޓްވެއަރއަށް އެންޓަރކުރެވިގެން ކަމަށްވާތީ މި ލިޔެކިޔުންތައް ތިރީގައި މިދަންނަވާ ގަޑިތަކުގައި ފޮނުވުމަށް ޙާއްސަ ސަމާލުކަމެއް ދެއްވުމަށް އެދެމެވެ.
ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން ރޭގަނޑު 11:00 އަށް
ހުކުރުދުވަހުގެ މެންދުރުފަހު 04:00 އިން ރޭގަނޑު 11:00 އަށް