އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

މަޤާމު

ސީނިއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ

ބޭނުންވާ އަދަދު

1 (އެކެއް)

މަސައްކަތް ކުރަންޖެހޭ ތަން

އެންޓި-ކޮރަޕްޝަން ކޮމިޝަން (ހުރަވީ ބިލްޑިންގ)

މުސާރައާއި ޢިނާޔަތްތައް

  1. މުސާރަ: -/11,000 ރުފިޔާ
  2. ސަރވިސް އެލަވަންސް: -/6,000 ރުފިޔާ

ޝަރުޠު

  1. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
  2. އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރިކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.
  3. ދިވެހިބަހުންނާއި އިނގިރޭސިބަހުން ރަނގަޅަށް އިބާރާތްކުރަން އެނގުމާއެކު، ފަރިތަކަމާއެކު މުޢާމަލާތު ކުރުމުގެ ހުނަރު ލިބިފައިވުން.
  4. އުމުރުން 55 އަހަރު ވެފައި ނުވުން.

މަޤާމުގެ މަސްއޫލިއްޔަތު

1. މިކޮމިޝަނުގައި މިހާރު ބޭނުންކުރާ ސޮފްޓްވެއަރ އެޕްލިކޭޝަންތައް މެއިންޓެއިންކޮށް ބެލެހެއްޓުން.

2. މިކޮމިޝަނުން ޑިވެލޮޕްކުރަން ބޭނުންވާ ކޮމްޕިއުޓަރ އެޕްލިކޭޝަންތައް ޑިވެލޮޕްކުރުމާއި، ކޮމިޝަންގެ ސޮފްޓްވެއަރތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.

3. ވެބްސައިޓަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެތަކެތި ބެލެހެއްޓުން.

ހުށަހަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު.
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓެޑް ކޮޕީ.
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  4. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުމެއް.
  5.  އައިޑީ ކާޑުގެ ފޮޓޯކޮޕީ.
  6. ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާއަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.

ސުންގަޑި

27 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން

އިތުރު މަޢުލޫމާތު

  1. މިމަޤާމަށް މީހަކު ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި ހޭދަކުރެވޭ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  2. އެޕްލިކޭޝަން ފޯމު ހުށަހަޅަންޖެހޭނީ މިކޮމިޝަނުގެ ކައުންޓަރަށެވެ.
  3. އެޕްލިކޭޝަން ފޯމު އޮންލައިންކޮށް ނުވަތަ އީ-މެއިލް މެދުވެރިކޮށް ހުށައެއްނޭޅޭނެއެވެ.
  4. އިންޓަރވިއުއަށް ކިޔާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވިފައިވާ ކެންޑިޑޭޓުންނަށެވެ.
  5. ވަޒީފާއަށް އެދޭ ފޯމު މިކޮމިޝަނުގެ ކައުންޓަރުންނާއި، މިކޮމިޝަންގެ ވެބްސައިޓް www.acc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  6. މަޢުލޫމާތު ފުރިހަމަނުވެ ހުންނަ ފޯމާއި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުކޮށް ހުށަހަޅާ ފޯމުތައް ބަލައެއްނުގަނެވޭނެއެވެ.
  7. ފޯމު ބަލައިގަތުމަށްފަހުގައިވެސް ޞައްޙަނޫން މަޢުލޫމާތެއް ހިމަނާފައިވާކަން ނުވަތަ ޝަރުޠުހަމަނުވާކަމަށް ފާހަގަވެއްޖެނަމަ އެފޯމެއް ބާޠިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯނު ނަންބަރު: 3015214 / 3015200

ފެކްސް ނަންބަރު: 3317182

އީމެއިލް: [email protected]

 

24 މުޙައްރަމް 1436

17 ނޮވެންބަރު 2014
ހޯދާ