ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހަނިމާދޫ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކުރުން.

    ނަންބަރ: (IUL)258/258/2022/103

އިޢުލާން

ހަނިމާދޫ ބަންޑާރަ ގޯއްޗަށް އެދި ފޯމް ހުށައަޅާފައިވާ ފަރާތްތަކުގެ ލިސްޓު އާންމުކުރުން. 

         ހަނިމާދޫ ކައުންސިލްގެ އިއުލާން ނަންބަރު: (IUL)258/258/2022/64 (17 ޖުލައި 2022) އާއި ހަވާލާދީ ދަންނަވަމެވެ.

ހަނިމާދޫ އިން ދިރިއުޅުމަށްޓަކައި ބަންޑާރަގޯތި ދޫކުރުމަށް ކުރެވުނު ނަމްބަރު: IUL258/258/2022/13 (17 ފެބްރުއަރީ 2022 ) އިއުލާނާއި ގުޅިގެން ގޯއްޗަށް އެދި ފޯމް ހުށައެޅި ފަރާތްތަކަށް ބަންޑާރަގޯތި ދޫކުރުމަށްޓަކައި އެފަރާތްތަކުންހުށައެޅި ޝަކުވާތަކާއި ރަށްރަށުން ލިބުނު މަޢުލޫމާތަކަށް ބަލާ ވިލަރެސް ކުރުމަށް އައްޔަން ކުރެވުނު ވިލަރެސްކުރާ ކޮމިޓީން ފޯމްތަކަށް މާކްސް ދެވިފައިވާ ގޮތުގެ ވަގުތީ ލިސްޓު އާންމު ކުރީމެވެ. މި ލިސްޓުގައި ލިބިފައިވާ މާކްސްއަށާއި އަދި ލިސްޓުގައި އެބޭފުޅަކު ހިމެނިފައިވާ ގޮތާއިމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ 06  ޑިސެމްބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ލިއުމަކުން މި ކައުންސިލަށް ޝަކުވާ ހުށައެޅުމަށް އާންމުކޮށް އަންގާ

އިއުލާންކުރަމެވެ.

23 ރަބީއުލްއާޙިރަ 1444

17  ނޮވެމްބަރ 2022

17 ނޮވެންބަރު 2022
ހޯދާ