މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމްގެ އައި.ޓީ ސިސްޓަމް އޮޑިޓް ކުރާނެ ފަރާތެއް ހޯދުން

މިއޮފީހުގެ ނަންބަރު MPAO/I/2014/40-ފ216 (02 އޮކްޓޫބަރު 2014) އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ އެ އިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރީމެވެ.

ވާރލްޑް ބޭންކުގެ އެހީގައި މިއޮފީހުން ހިންގާ މޯލްޑިވްސް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ ދަށުން، މޯލްޑިވްސް ރިޓަޔަރމަންޓް ޕެންޝަން ސްކީމުގެ އައި.ޓީ ސިސްޓަމުގެ އިންފޮމޭޝަން ސިސްޓަމް އޮޑިޓެއް ހެދުމަށް ބޭނުންވެއެވެ.

މި މަސައްކަތަކީ ވާރލްޑް ބޭންކުގެ އެހީގައި ހިންގާ މަޝްރޫޢެއްގެ ދަށުން ކުރެވޭ މަސައްކަތަކަށް ވުމާއެކު، މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ކަނޑައެޅޭނީ ވާރލްޑް ބޭންކުގެ ގައިޑްލައިންތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މިގޮތުން މި މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބޭނުން ކުރެވޭނެ ޕްރޮކިއުމަންޓް މެތަޑަކީ "ލީސްޓް ކޮސްޓް ސެލެކްޝަން" (LCS) މެތަޑެވެ. އެހެންކަމުން، މި މަސައްކަތަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، މި މަސައްކަތަށް ފަންނީ އަދި މާލީ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. މި ދެ ޕްރޮޕޯޒަލް ހުށަހަޅަންވާނީ މިއޮފީހުން ދޫކުރާ ރިކުއެސްޓް ފޮރ ޕްރޮޕޯޒަލް (އާރު.އެފް.ޕީ)އާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

އެހެންކަމުން، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ މިފަދަ ކޮންސަލްޓެންސީ މަސައްކަތް ކުރައްވާ ކުންފުނިތަކަށްް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީ.އޯ.އައި) މި އޮފީހަށް ހުށަހެޅުއްވުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެެ. މިގޮތުން ހުށަހަޅުއްވާ އީ.އޯ.އައި ގައި ޝައުޤުވެރިވެލައްވާ ފަރާތުގެ ޕްރޮފައިލާއި، މަސައްކަތާ ގުޅޭގޮތުން ލިބިލައްވާފައިވާ ތަޖުރިބާ އަދި މިނޫނަސް މި މަސައްކަތް ކޮށްދިނުމުގެ ޤާބިލުކަން އެ ފަރާތެއްގައި ހުރިކަން ސާބިތުކޮށްދިނުމުގައި ބެލެވޭނެ އެންމެހައި މަޢުލޫމާތު ހިމެނުއްވުން އެދެމެވެ. އީ.އޯ.އައި އިވެލުއޭޓް ކުރުމުގައި ބޭނުންކުރާނެ ކްރައިޓީރިއާ އާއި، އީ.އޯ.އައި ހުށަހަޅުއްވާނެ ގޮތުގެ އިތުރު ތަފުސީލު އަދި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސް، މިއޮފީހުގެ ވެބްސައިޓް www.pension.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 26 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 15:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އަދި މި މަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިމިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

އަމީނީ މަގު، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

އީމެއިލް: [email protected]

05 ނޮވެންބަރު 2014
ހޯދާ