ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.
މަޤާމު |
އިލެކްޓްރިޝިއަން |
ބޭނުންވާ ޢަދަދު |
01 (އެކެއް) |
ވަޒީފާގެ ބާވަތް |
ކޮންޓްރެކްޓް (01 އަހަރު) |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
އިންޖިނިއަރިންގ ޑިޕާޓްމެންޓް / އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ |
ޖުމްލަ މުސާރަ: |
-/11690 ރުފިޔާ ( އެގާރަ ހާސް ހަ ސަތޭކަ ނުވަދިހަ ރުފިޔާ) |
އިތުރު ޢިނާޔަތްތައް: |
އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.
|
ޝަރުޠު: |
|
މަޤާމުގެ މަސްޢޫލިއްޔަތު: |
- ސެކްޝަނުގައި މަސައްކަތް ކުރުމަށް ރާވާފައިވާ ޝެޑިއުލާއި އެއްގޮތަށް މަސައްކަތްތައް ކުރިޔަށް ގެންދިއުން. - ސެކްޝަނުގައި ގެންގުޅޭ މުދަލާއި ތަކެއްޗަށް ފަރުވާތެރިވެ ޒިންމާވުން. - އޭ.އެފް.ސީއާއި ބޯޓުފަހަރުގެ އިންޖީން ސައިޑުގައި ޖެހޭ އިލެކްޓްރިކް މައްސަލަތަކަށް އެޓެންޑްވެ، މައްސަލަތައް ޙައްލުކުރަން މަސައްކަތް ކުރުން. - ޖޮބް އޯޑަރު ތަކުގައި ހުންނަ އިލެކްޓްރިކް މަސައްކަތުގައި ޢަމަލީގޮތުން ބައިވެރިވުން. - މަސައްކަތް ކުރުމަށް ބޭނުންކުރާ ސާމާނަށް ގެއްލުމެއް ލިބިއްޖެނަމަ އެކަން ލަސްނުކޮށް ޑިޕާޓްމެންޓް ހެޑާއި ޙިއްސާކުރުން. - ސައިޓުގެ ހުރިހާ އިލެކްޓްރިކަލް ބައިތައް މެއިންޓެނެންސްކޮށް ބެލެހެއްޓުން. - އޮޕަރޭޝަންސް އަދި އެހެން ޑިޕާޓްމަންޓްތަކުން ބޭނުންވާ އިލްކްޓްރިކަލް ޚިދުމަތްތައް ފޯރުކޮށްދިނުން. - ޑިޕާރޓްމެންޓުން ނުވަތަ މެނޭޖްމަންޓުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތް ކުރުން.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް: |
ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން. ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން. |
އިންޓަރވިއު ކުރުން: |
އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ. |
ހުށަހަޅަންޖެހޭ ލިޔެކިޔުންތައް: |
ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން). ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް. ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް) ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ. ބ- ޕޮލިސްރިޕޯޓް. |
ތަކެތި ހުށަހަޅަންޖެހޭ އޮފީސް: |
|
ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.