މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އޮފިސަރ

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހަކު ހޯދަން ބޭނުންވެއެވެ.

މަޤާމު

 ޖޫނިއަރ އޮފިސަރ

ބޭނުންވާ ޢަދަދު

 1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (01 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ވެއަރހައުސް/ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް / ސ.ހުޅުމީދޫ

 ޖުމްލަ މުސާރަ:

-/10201  ރުފިޔާ (  ދިހަ ހާސް ދުއިސައްތަ އެއް ރުފިޔާ)

އިތުރު ޢިނާޔަތްތައް:

އިތުރުގަޑި އަދި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރާނަމަ، އިތުރުގަޑިއާއި ބަންދުދުވަސް ތަކުގެ ފައިސާ ޤަވާޢިދުގައިވާ ގޮތުގެމަތިން ލިބިދެވޭނެއެވެ.       

 

ޝަރުޠު:

 • މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން އިންޓަވިއުގައި ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިހާނަކުން 02 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމާއެކު ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން. އަދި މަޤާމާއި ގުޅޭ ދާއިރާއެއްގައި މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއެކު މަސައްކަތުގައި ގިނަ ވަގުތު ހޭދަކުރެވޭ މީހެއް ކަމުގައި ވުން.
 •  ކޮމްޕިއުޓަރުން އަހުލުވެރިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

 • ޖެނެރަލް ސްޓޮކްގައި ނެތިގެން ލޯކަލްކޮށް އެކި ޑިޕާރޓްމަންޓްތަކަށް ރަށްރަށުން ހޯދަންޖެހޭ އެންމެހާ މުދަލެއް ހޯދުމަށްފަހު އޭގެ ޑޮކިއުމަންޓް ނިންމުން.
 • ވެޔަރހައުސްގެ ފާސްޓް މޫވިންގ، ސްލޯމޫވިންގ އަދި ނަންމޫވިންގ މުދާތައް ފާހަގަކޮށް ވެއަރހައުސް ހެޑަށް ރިޕޯރޓްކުރުން.
 • ޑެއިލީކޮށް ސިސްޓަމް އަޕްޑޭޓްކޮށް މުދަލަށް ޖީއާރު.އެން ހެދުމާއި، މުދަލުގެ ގުޑް އިޝޫ ސްލިޕްހެދުން.
 • ޑިޕާރޓްމަންޓްތަކުން ޑެއިލީކޮށް އަންނަ ގުޑްސް އިޝޫސްލިޕް ޗެކްކޮށް މުދާ ދޫކޮށްފައި ސިސްޓަމް އަޕްޑޭޓްކުރުން.
 • ވެޔަރހައުސް މެދުވެރިކޮށް މާލެ ފޮނުވާ މުދާތައް ރަނގަޅަށް ބަންދުކޮށް ލޭބަލްކުރުމަށްފަހު ޕީ.އެސް.އޯ ހެދުމަށްފަހު ސޮއިކޮށްފައި މުދާލާއެކު ކޮޕީއެއް ޙަވާލުކުރުން.
 • ދުވަހުން ދުވަހަށް ހަދަންޖެހޭ އެމް.ޖީ.އޯ ރިޕޯޓް ހެދުމަށްފަހު ފޮނުވަންޖެހޭ ފަރާތްތަކަށް ރިޕޯޓް ފޮނުވުމާއި އަދި "މަންތްލީ އެމް.ޖީ.އޯ ރިޕޯޓް" ހެދުން.
 • އިންވެންޓްރީގައި އަލަށް ހިމަނަންޖެހޭ މުދަލުގެ އައިޑީ ހެދުމުގައި ފުރިހަމަކުރަންޖެހޭ ކަންކަން ޑިޕާޓްމެންޓް ހެޑުގެ އިރުޝާދާއި އެއްގޮތަށް ކުރުން.
 • މާލެއިން ގެންނަ މުދަލާއި އަދި ރަށްރަށުންގެންނަ މުދާތައް ރިސީވްކޮށް ވެޔަރހައުސްއަށް ފަރުވާތެރިކަމާއެކު ގެނެސް އަދި މުދާތައް ޗެކްކުރުމަށްފަހު މުދަލުގެ ރިސީވިން ރިޕޯޓާއި އަދި އޯވަރ،ޝޯޓް، ޑެމޭޖް ރިޕޯޓް ހެދުމާއި، މުދަލުގެ ރޯންގު ޑެލިވަރީ ރިޕޯޓް ހަދާ ކަމާއި ބެހޭ ފަރާތްތަކަށް މެއިލް ކުރުން.
 • މަސްވެރިންނަށް ތެޔޮ ދޫކުރަން ޖެހިއްޖެ ހާލަތެއްގައި ޖެޓީގައި މަސައްކަތް ކުރުން.

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

ހ. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

ށ. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކުރުން.

އިންޓަރވިއު ކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އިންޓަވިއު އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީހުގައެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ. ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔެކިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ (އެކްރެޑިޓް ކުރެވިފައިވާ އަދި އަޞްލާއި އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ) ލިޔުންތައް.

ނ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯން ނަމްބަރާއި އަދި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހޭ އޮފީސް:

 • ވަޒީފާއަށް އެދި ހުށަހަޅުއްވާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އޮފީސް ރިސެޕްޝަން އަށް ނުވަތަ
 • އީމެއިލް ކުރައްވާނީ  [email protected]
 •             [email protected]
 • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ27  ނޮވެމްބަރ 2022 ވަނަ ދުވަހުގެ މެންދުރު 14:30 އެވެ.
 • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ސިޓީތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ސިޓީތައް ބާތިލްކުރެވޭނެއެވެ.

ނޯޓް: މި އިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައިދެވޭނެއެވެ. އަދި މިމަޤާމަށް ހޮވޭ ފަރާތަށް މަސައްކަތާއި ގުޅުންހުރި މަޢުލޫމާތާއި ޓްރެއިނިންގ އަދި  އޮރިއެންޓޭޝަން ދިނުން އޮންނާނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް، ސ. ހުޅުމީދޫގައެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3023388 ފޯނަށް ގުޅުއްވުން އެދެމެވެ.

17 ނޮވެންބަރު 2022
ހޯދާ