ގދ.އަތޮޅު މަދަރުސާ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ލެބްގެ ކަރަންޓް ވިއުގަ ތަރައްޤީކުރަން

އަންދާސީހިސާބު ބޭނުންވެއްޖެ.

މި މަދަރުސާގެ ކޮމްޕިއުޓަރ ލެބްގެ ކަރަންޓް ވިއުގަ ތަރައްޤީކުރަން ބޭނުންވެގެން މި މަދަރުސާއިން ކުރި ނަންބަރު:(GS-30/IUL/2014/15ފ(01-10-2014) ގެ އިޢުލާނާ ގުޅިގެން، މަޢުލޫމާތު ސާފުކުރެއްވުމަށް އެއްވެސް ފަރާތަކުން ހާޒިރުވެފައިނުވާތީ، އެ އިޢުލާންވެސް ބާޠިލުކޮށް، މިމަދަރުސާގެ ނަންބަރު:GS-30/IUL/2014/16ފ(12 އޮކްޓޫބަރު 2014) ގެ އިޢުލާނުން އަލުން އިޢުލާން ކުރުމާ ގުޅިގެން އަންދާސީހިސާބު ހުށަހަޅުއްވާފައިވަނީ އެންމެ ފަރާތަކުންނެވެ. ނަމަވެސް، އެއަންދާސީހިސާބުގެ މަޢުލޫމާތު ފުރިހަމަނުވާތީ މިއިޢުލާން ބާޠިލުކޮށް، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އަލުން ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ދުވަސްތަކުގައި މި މަދަރުސާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ. މަޢުލޫމާތު ސާފުކުރައްވަން ބަދަލުގައި އެހެންމީހަކު ފޮނުއްވާނަމަ ލިޔުމަކުން އެކަން އަންގަވަންވާނެއެވެ.

އައިޓަމް/ތަފުސީލު

ތާރީޚު

ދުވަސް

ގަޑި

ތަން

މަޢުލޫމާތު ސާފުކުރެއްވުން

20-11-2014

ބުރާސްފަތި

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

އަންދާސީހިސާބު ހުށަހެޅުއްވުން

27-11-2014

ބުރާސްފަތި

10:30

ގދ.އަތޮޅު މަދަރުސާގެ އިދާރާ

18 މުޙައްރަމް 1436

13 ނޮވެންބަރު 2014
ހޯދާ