ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖެ
މުގުރާއި މެޑެލި އަދި ފައިލް ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދުން

ޤަޟާއީ އަހަރު 2023 އިފްތިތާޙް ކުރުމަށްޓަކައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ތަކްރީމް ކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް ދިނުމަށް ޝަރަފުގެ މުގުރާއި މެޑެލި އަދި ފަތްކޮޅު އަރުވާ ފައިލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 24 ނޮވެމްބަރ 2022 ގެ 11:00 އަށް މި ޑިޕާޓްމަންޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 29 ނޮވެމްބަރ 2022 ވާ ދުވަހުގެ 10:00 އަށް މި ޑިޕާޓްމަންޓަށް އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށްހަމަޖެހިފައިވާ ދުވަހު ގަޑިއަށްހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފަރާތްތަކަށެވެ.

މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

22 ރަބީޢުލްއާޚިރު 1444

16 ނޮވެންބަރު 2022
ހޯދާ