މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސަސް އަށް 06 ކޮމްޕިޓަރ ސިސްޓަމް ސަޕްލައިކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.

މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް
ދިވެހިރާއްޖެ

އިޢުލާން ނަމްބަރު: MMS-A/2022/29

 

06 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް

 

އަންދާސީހިސާބު ބޭނުންވެއްޖެ

          މިސަރވިސް އަށް 06 ކޮމްޕިއުޓަރ ސިސްޓަމް ގަތުމަށް ބޭނުންވެގެން 2022 އޮކްޓޯބަރ 23 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު  MMS-A/2022/25 އިޢުލާނުގައި ބިޑް ހުށަހަޅަން ދެވިފައިވާ މުއްދަތު މަދު ކަމަށް ފާހަގަކުރެވޭތީ، ގިނަފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން 3 ވަނަފަހަރަށް މިތަކެތި ގަތުމަށް އަލުން އިއުލާން ކުރަމެވެ.

          ވީމާ، މިތަކެތި ސަޕްލައިކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2022 ނޮވެމްބަރ 29 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ހުޅުލޭ (ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް) ގައި ހުންނަ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް އަށް ހުށައެޅުއްވުން އެދެމެވެ. ބީލަން ހުޅުވަންވެސް ހަމަޖެހިފައިވަނީ ހަމައެދުވަހު (2022 ނޮވެމްބަރ 29  ވާ އަންގާރަ ދުވަހު) ހެނދުނު 10:00 ގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ތެރެއިން އެވަގުތުގައި ހާޒިރުވެ ތިބި ބީލަންވެެރިން ނުވަތަ  ބީލަންވެރިންގެ ބަދަލުގައި އެފަރާތުން ކަޑައަޅާ ފަރާތްތަކުގެ ހާޒިރުގައެވެ.

       މި އިޢުލާނާގުޅޭ މަޢުލޫމާތު  ކަރުދާސް މި އިޢުލާނާއެކު ގެޒެޓުގައި އެއްކަރުދާސް ކޮށްފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ދުވަހަކީ ބަންދު ދުވަހެއްކަމަށް ސަރުކާރުން ކަނޑައަޅައިފިނަމަ، ދެން އެންމެ އަވަހަށް ސަރުކާރު އޮފީސްތައް ހުޅުވާދުވަހު އަންދާސީ ހިސާބު ހުށަހަޅަން ޖެހޭނެއެވެ.

         އަދި ދަންނަވަމެވެ، މައުލޫމާތު ފުރިހަމަ ނުވާ އަންދާސީހިސާބު ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

16 ނޮވެންބަރު 2022
ހޯދާ